ޔޫތް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ތަންތަން ކުއްޔަށް ދޫކުރަން ނިންމައި، ކުއްޔަށް ދޫކުރާނެ އުސޫލުތައް ކަނޑައަޅައިފިއެވެ.
ޔޫތް މިނިސްޓްރީން މިއަދު ބުނީ، އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ތަންތަން ކުއްޔަން ދޫކުރަން ނިންމީ، މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ އެކިއެކި ހަރަދުތައް ކުރުމަށް ފަސޭހަކުރުމަށާއި މިނިސްޓްރީގެ ނަމުގައި އެކިއެކި ތަންތަނުގައި ކުރެވެންހުރި މާލީ މުއާމަލާތާއި އެތަންތަން ދިގު މުއްދަތަކަށް ތަރައްގީ ކުރުމާއި އެކަމުން ލިބޭ ކުލީގެ ފައިސާ މާލިއްޔަތު ގާނޫނުގެ ދަށުން ހަދާފައިވާ ފަންޑަށް ޖަމާކުރަން ކަމަށެވެ.
އެގޮތުން އެކުވެނި ޓްރެކް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 75،000 ރުފިޔާއަށް ކަމަށް ޔޫތް މިނިސްޓްރީން ބުންޏެވެ.
ސްކޫލް، މަދަރުސާ، ކޮލެޖް، އިންސްޓިޓިޔުޓް، ޔުނިވާސިޓީތަކުގެ ބޭނުމަށް ސޯޝަލް ސެންޓަރު އިންޑޯ ހޯލް ކުއްޔަށް ދޭނީ ގަޑިއިރަކަށް 2،000 ރުފިޔާއަށް އަދި ދުވާލަކު 25،000 ރުފިޔާއަށް ކަމަށެވެ. އަދި ހެންވޭރު ބޯޅަ ދަނޑު ދިނުމަށް ހަމަޖެހިފައިވަނީ ގަޑިއިރަކަށް 1،500 ރުފިޔާއަށް އަދި ދުވާލަކަށް 30،000 ރުފިޔާއަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ޔޫތް މިނިސްޓްރީގެ ތަންތަނުގައި ހިންގާ ކެފޭ ރެސްޓޯރެންޓުތަކަށް ފައިސާ ޖަމާކުރާނީ ޔޫތް މިނިސްޓްރީގެ ފަންޑަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު