ކޮޅުވެއްޓިއަކުން ޖެހި ރ. ހުޅުދުއްފާރު ބަނދަރުގައި ހަދާފައިވާ ޕެޓްރޯލް ޝެޑް ފުނޑުފުނޑުވެއްޖެއެވެ.
ހުޅުދުއްފާރު ކައުންސިލް މެންބަރު ނުހާ ހުސައިން "ވަން" އަށް މިއަދު ވިދާޅުވީ، ކޮޅުވެއްޓިން ޖެހި އެރަށު ބަނދަރުގެ ޕޭވްމަންޓާއި އިންވެގެން ހުރި ޕެޓްރޯލް ޝެޑް ފުނޑުފުނޑުވީ މިއަދު ހެނދުނު 11:00 ހާއިރު ކަމަށެވެ. އަދި ހާދިސާގައި
ޕެޓްރޯލް ޝެޑް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ވިދާޅުވިއެވެ.
އެ ކޮޅުވެއްޓިއަކީ އެރަށު މަގު ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި ރުއްތަކެއް ނެގުމަށް އެކްސްކެވޭޓަރެއް ހިފައިގެން އައި ކޮޅުވެއްޓިއެކެވެ. ކޮޅުވެއްޓި ބަނދަރުގައި ޖެހެން މެދުވެރި ސަބަބެއް ނޭނގެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު