ޔޫއޭއީގެ އެންމެ އަގުހެޔޮ އެއާލައިންތަކުގެ ތެރޭގައި ހިމެނޭ ވިޒް އެއާއިން އަންނަ އޮކްޓޯބަރު މަހުން ފެށިގެން ރާއްޖެއަށް ދަތުރުތައް ފަށާނެ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.
ވިޒް އެއާއިން އިއުލާންކުރި ގޮތުގައި އޮކްޓޯބަރު މަަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އެ އެއާލައިންގެ ދަތުރުތައް އަބޫދާބީ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާއްވާނެއެވެ. އަދި ކޮންމެ ހަފުތާއެއްގެ އާދިއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ދަތުރުތައް ބާއްވަން ހަމަޖެހިފައިވާއިރު ދަތުރުތަކުގެ އަގު ފެށޭނީ ކޮޅަކަށް 319 ދިރުހަމް (1،333 ރުފިޔާ) އިން ކަމަށް އެ އެއާލައިން އިން ބުންޏެވެ.
މި ދަތުރުތަކުގެ ޓިކެޓް ވިއްކަން މިހާރު ފަށާފައިވާއިރު، ޓިކެޓް ބުކް ކުރުމަށް ވިޒް އެއާގެ އެޕްލިކޭޝަން ނުވަތަ ވިޒްއެއާގެ ވެބްސައިޓް ބޭނުން ކުރެވޭނެއެވެ. ޓިކެޓް ބުކްކުރާއިރު، ވިޒް އެއާއިން ތައާރަފުކުރި "ވިޒް ފްލެކްސް" ބޭނުންކުރުމުން، އެންމެ ލަސްވެގެން ފުރުމުގެ ތިން ގަޑިއިރު ކުރިން ދަތުރު ކެންސަލް ކުރިއަސް ފުލް ރިފަންޑު ލިބޭނެ ކަމަށް އެ އެއާލައިންއިން ބުންޏެވެ.
މިދިޔަ އަހަރު ޖެނުއަރީ މަހު އޮޕަރޭޓް ކުރަން ފެށި ވިޒް އެއާއިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް 321 ނިއޯ އެއާކްރާފްޓެވެ. މިއީ ތެލުގެ ހަރަދު ކުޑަ އަދި ތިމާވެއްޓާ ރައްޓެހި އެއާކްރާފްޓެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު