ފަތުރުވެރިކަމާއި ހޮސްޕިޓޭލިޓީ ދާއިރާގައި ދެކުނު އޭޝިއާ ސަރަހައްދުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) 2022ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ވަން އޮންލައިން ހަމަޖައްސައިފިއެވެ.
ސާޓާ 2022ގެ ޕާޓްނަރުންނާއި ސްޕޮންސަރުން އިއުލާންކުރުމަށް މާގިރި ހޮޓެލްގައި މިއަދު ހަވީރު ބޭއްވި ހަފުލާގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ވަން އޮންލައިންގެ ފަރާތުން ސޮއިކުރެއްވީ އެޑްމިން އެންޑް މާކެޓިން މެނޭޖަރު މަރިޔަމް ހަޝްމާ ޔޫސުފް (ހަޝް) އެވެ. ސަޓާގެ ފަރާތުން ސޮއިކުރެއްވީ، އިވެންޓް އިންތިޒާމުކުރާ ކުންފުނި، ހައިރައިޒްގެ ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަންސް މުހައްމަދު ޝާމިންއެވެ.
ސާޓާ 2022ގެ އޮންލައިން މީޑިއާ ޕާޓްނަރުންގެ ގޮތުގައި ވަން އޮންލައިންއާއެކު އިތުރު ހަތަރު މީޑިއާއަކާއި ޓްރެވަލް މީޑިއާ ޕާޓްނަރުން ހަމަޖައްސާފައިވެއެވެ. މިއަހަރު ބާއްވާ ސާޓާގެ ޕާޓްނަރުންނާއި ސްޕޮންސަރުން:
- ޕްލެޓިނަމް ޕާޓްނަރު: އަލްޝާލީ މެރިން
- ގޯލްޑް ޕާޓްނަރު: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)
- ގޯލްޑް ޕާޓްނަރު: ހޯކްސް ޕްރައިވެޓް ލިމިޓެޑް
- ޑެސްޓިނޭޝަން ޕާޓްނަރު: ރާއްޖެ/ އެމްއެމްޕީއާރުސީ
- އޮފިޝަލް ހޯސްޓް: އާދަރަން ހުދުރަންފުށި
- ޑިޖިޓަލް ޕާޓްނަރު: އުރީދޫ މޯލްޑިވްސް
- އިންޝުއަރަންސް ޕާޓްނަރު: އެލައިޑް އިންޝުއަރެންސް
- ބެވަރޭޖް ޕާޓްްނަރު: ކޮކާ ކޯލާ
- ހޮސްޕިޓޭލިޓީ ޕާޓްނަރު: މާގިރި ހޮޓެލްސް
- ސަޕޯޓިން ޕާޓްނަރު: ޕްރިންޓްލެބް
ރާއްޖޭގެ އިތުރުން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، ބޫޓާން އަދި ނޭޕާލް ބައިވެރިވާ ސާޓާއަކީ ދެކުނު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރާފައިވާ ފަރާތްތަކާއި އެފަރާތްތަކުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމަށްޓަކައި އެންމެ ފުރަތަމަ ދޭން ފެށި އެވޯޑެވެ. މި އެވޯޑަކީ މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ގައުމުތައް ހިމެނޭ އެސޯސިއޭޝަންތަކުން އެންޑޯޒް ކޮށްފައިވާ އެވޯޑުވެސް މެއެވެ.
ސާޓާ އެވޯޑްސް އެންމެ ފުރަތަމަ ބޭއްވީ 2016 ވަނަ އަހަރުއެވެ. މި އަހަރަކީ މިއީ ސާޓާ އެވޯޑްސް ބާއްވާ ހަ ވަނަ އަހަރެވެ. މިއަހަރުގެ އެވޯޑް ހަފުލާ އޮންނާނީ ސެޕްޓެމްބަރު 29 އަދި 30ގައި އަދާރަން ހުދުރަންފުށި ރިސޯޓުގައެވެ.
- 2016 ވަނަ އަހަރު: މައުންޓް ލެވީނިއާ ހޮޓެލް/ ކޮލަންބޯ، ސްރީ ލަންކާ
- 2017 ވަނަ އަހަރު: އީކުއޭޓާ ވިލޭޖް/ އައްޑޫ ސިޓީ، ދިވެހިރާއްޖެ
- 2018 ވަނަ އަހަރު: ދަ ތާޖް މަހަލް ޕެލެސް/ މުމްބާއީ، އިންޑިއާ
- 2019 ވަނަ އަހަރު: އަމާރީ ގޯލް/ ގޯލް، ސްރީ ލަންކާ
- 2020 ވަނަ އަހަރު: އެވޯޑް ހަފުލާ ބޭއްވީ އޮންލައިންކޮށް
މި އަހަރު 52 ކެޓަގަރީއަކުން އެވޯޑް ދޭން ނިންމާފައިވާ އިރު، 1،000 އަށްވުރެ ގިނަ ނޮމިނޭޝަންސް ލިބިފައިވާ ކަމަށް ހައިރައިޒުން ބުނެއެވެ. އެވޯޑަށް ހޮވޭނީ ތަޖުރިބާކާރު ޕެނަލަކުން ކުރިއަށް ގެންދާ އިވެލުއޭޝަނަށާއި ނޮމިނޭޝަންތަކަށް ލިބޭ ވޯޓަށް ބަލައިގެންނެވެ. އެގޮތުން އިވެލުއޭޝަނާއި ވޯޓިން މިހާރު ކުރިއަށްދާ އިރު، ވޯޓުން ބަންދުވާނީ މިމަހުގެ 27 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު