ފަތުރުވެރިކަމާއި ހޮސްޕިޓޭލިޓީ ދާއިރާގައި ދެކުނު އޭޝިއާ ސަރަހައްދުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2022ގެ އިވެލުއޭޝަން މަސައްކަތް މިއަދު ފަށައިފިއެވެ.

ރާއްޖޭގައި ސަޓާގެ ހޮސްޕިޓަލިޓީ ޕާޓްނަރު ކަމަށްވާ މާގިރި ހޮޓަލުން އަންނަނީ މިހާރު ރާއްޖޭން ނޮމިނޭޓްކުރާ ފަރާތްތަކުގެ ޕްރެޒެންޓޭޝަންތައް ހޯސްޓް ކުރަމުންނެވެ. މި އިވެލުއޭޝަންތައް ހަދަނީ ފަންނީ ތަޖުރިބާކާރުންގެ ޓީމަކުންނެވެ.

ސަޓާއިން ބުނީ ރާއްޖެ، އިންޑިއާ، ސްރީލަންކާ، ބޫޓާން، ނޭޕާލް އަދި ބަންގްލަދޭޝްގެ އިން 39 ދާއިރާއަކުން 500 އަށް ވުރެ ގިނަ ނޮމިނޭޝަން ލިބިފައިވާއިރު، ވޯޓުލުން ކުރިއަށްދަނީ އޮންލައިންކޮށެވެ. އަދި ތަޖުރިބާކާރުންގެ ޕެނަލަކުން ފަނޑިޔާރުކުރުން ފުރިހަމަ ކުރާނެ ކަމަށެވެ.

ޑރ.މަހަމޫދު ޝައުގީ

ޑރ. ޝައުގީއަކީ ރާއްޖޭގެ ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ ބެޗްލާ އޮފް އެޑިއުކޭޝަން، ބެޗްލާ އޮފް އާޓްސް އިން އިކޮނޮމިކްސް، އަދި ޔުނިވާސިޓީ އޮފް މެނިޓޯބާ އިން މާސްޓާ އޮފް އެޑިއުކޭޝަން ހާސިލުކުރައްވާފައިވާ އަދި ޔުނިވާސިޓީ އޮފް ޓޮރޮންޓޯ އިން ޕީއެޗްޑީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

ހޮޓެލް އަދި ރިސޯޓް ޗެއިންތަކުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ވިލާ ކޮލެޖާއި މެލޭޝިއާ އޯޕަން ޔުނިވާސިޓީގައި ވިޒިޓިން ލެކްޗަރާ އަދި ރިސާޗް އެސޯސިއޭޓެއްގެ ގޮތުގައިވެސް ޑރ. ޝައުގީ އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.

ޑރ ސަޗިން ބަންސާލް

ޑރ ސަޗިން ވަނީ ގިނަ ފްލެގްޝިޕްތަކެއް އުފައްދައިގެން ސަގާފަތާއި ތަރިކައިގެ ދާއިރާއިން އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާއަށް ތަސައްވުރު ބޮޑު އުސޫލަކާއެކު ސްޓްރެޓެޖިކް ލީޑާޝިޕް ދައްކަވައިފައެވެ. ޑެސްޓިނޭޝަން ބްރޭންޑިންގައި ދެ ގަރުނުގެ ތަޖުރިބާއާ އެކު އޭނާ ވަނީ އާ މާކެޓްތައް ހޯދުމަށް ގިނަ މަސައްކަތެއްކޮށް ފިކުރީ މުދަލުގެ ތެރެއިން އާ މިންގަނޑުތައް އަލުން ކަނޑައެޅުމާއި މުޖުތަމުއެއްގެ ގިނަ ބަޔަކު ހިމަނައިގަން ހާއްސަ ތަޖުރިބާތައް ފޯރުކޮށްދިނުމަށް ފުރުސަތު ހޯދައިދީ، އިންސާނީ ހުނަރު ތަރައްގީކުުރުމުގެ ދާއިރާއިން މުހިއްމު މަސައްކަތްތަކެއް ކޮށްދެއްވައިފައެެވެ.

ސަންގީތާ ރަނާ

ސަންގީތާ ރަނާއަކީ ބޫޓާންގެ ހޮޓެލް އެންޑް ރެސްޓޯރެންޓް އެސޯސިއޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރެވެ. ހޮސްޕިޓަލިޓީ އަދި ޓޫރިޒަމް އިންޑަސްޓްރީގައި އެތައް އަހަރެއްގެ ތަޖުރިބާ ހޯދާފައިވާ ސަންގީތާއަކީ ޓޫރިޒަމާއި ޕްރައިވެޓް ސެކްޓަރުގެ އެކިއެކި ދާއިރާތަކުގެ ޑިވެލޮޕްމަންޓް ބޯޑުތައް ކަމަށްވާ ޓީޑީބީ، ސީޓީއޭ، ބީއެސްޓީއެސް، އެޗްއާރުޑީބީ ފަދަ ބޯޑުތަކުގެ ބޯޑު މެމްބަރެކެވެ. އޭނާ ފާހަގަކުރެވިފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ދުނިޔޭގެ ހުރިހާ ޓޫރިޒަމް ސްޓޭކްހޯލްޑަރުންނާ ގާތުން މަސައްކަތް ކުރެއްވުމަން ވަރަށް ޝައުގުވެރިވާ ބޭފުޅެއް ގޮތުގައެވެ.

ރިންކޫ މަދާން

ރިންކޫ މަދާންއަކީ ގްލޯބަލް ލަގްޒަރީގެ ދާއިރާއިން ލިޔުމުގެ ހުނަރު ތަރައްގީކޮށް ކުރިއަށް ގެންދިއުމުގެ މަގުސަދުގައި ހާވަޑް ޔުނިވާސިޓީން ގްލޯބަލް ޖާނަލިޒަމްގެ ދާއިރާއިން ކިޔެވުން ފުރިހަމަ ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ ފްރާންސްގެ ކަލިނަރީ އިންސްޓިޓިއުޓުން ފުޑް ރައިޓިންގެ ދާއިރާއިން ސެޓްފިކެޓް ހާސިލުކުރައްވައިފައެވެ.

އެލަން ރިޗްމަންއާއި އެންޑްރޫ ފިޝާ ފަދަ ލޫމިނަރީސް އާއެކު މަސައްކަތްކުރެއްވި ރިންކޫއަކީ އިންޑިއާގައި ސަޓިފައިޑް ކާބޯތަކެތީގެ ލިޔުންތެރިންގެ ތެރޭގައި ހިމެނޭ ދުނިޔޭގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ.

ކާނާއާއި ރެސްޓޯރެންޓުތަކާއި ކެއުންތަކާއި ލަގްޒަރީ ޕްރޮޕަޓީތަކުގެ ފީޗާ އާޓިކަލްތައް ލިޔުމުގެ ތަޖުރިބާ ހޯދާފައިވާ ރިންކޫ އަކީ "ލަގްޒަރީ" ލިޔުންތެރިއެއްގެ އިތުރުން ފުޑް އެންޑް ބެވަރޭޖް ދާއިރާއިން ފުޑް ސްޓައިލިސްޓަކާއި ކޮންސަލްޓަންޓް ކުރުމުގެ ދާއިރާއިންވެސް ތަޖުރިބާ ހާސިލުކުރައްވައިން ހުންނެވި ބޭފުޅެކެވެ.

މަރިޔަމް ނޫރުދީން

މަރިޔަމް ނޫރުދީނަކީ ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީގެ މެމްބަރެއް ކަމަށްވާ ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ފައުންޑާ އަދި ރައީސްއެވެ. ބާމިންހަމް ޔުނިވާސިޓީން ހޮސްޕިޓަލިޓީ މެނޭޖްމަންޓުގެ ދާއިރާއިން ބެޗްލާ އޮފް ފިލޯސަފީ އަދި ހޮސްޕިޓަލިޓީ މެނޭޖްމަންޓާއި މާސްޓާ އޮފް އާޓްސް ހާސިލުކުރައްވާފައިވާ މަރިޔަމްއަކީ ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ކަރިކިއުލަމް ޑިވެލޮޕްމަންޓުގެ ދާއިރާއިން 25 އަހަރަށްވުރެ ގިނަ ދުވަހުގެ ފުޅާ ތަޖުރިބާއެއް ލިބިފައިވާ ބޭފުޅެކެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ކުރީގެ ޑީންގެ ހައިސިއްޔަތުން މަރިޔަމް ވަނީ 4000 އަށް ވުރެ ގިނަ ދަރިވަރުން ތަމްރީނުކޮށްފައެވެ.

އާމަލް ގޫނެޓިއްލެކް

ޓޫރިޒަމް އަދި ހޮސްޕިޓަލިޓީގެ ދާއިރާއިން ހަތަރު ގަރުނަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ އާމަލްއަކީ ހޮޓަލާއި ރިސޯޓުތަކުގެ ސޭލްސް އެންޑް މާކެޓިންއަށް ހާއްސަ ބޭފުޅެކެވެ. އަދި އޭނާ ވަނީ ލޯކަލް އަދި އިންޓަނޭޝަނަލް އެފިލިއޭޝަންތަކާއެކު ހޮސްޕިޓަލިޓީ ކުންފުނިތަކަށް މާކެޓިން ކޮންސަލްޓަންޓެއްގެ މަގާމު އަދާކުރައްވާފައިވެއެވެ.

އޭގެ އިތުރުން އާމާލްއަކީ ދުނިޔޭގެ މާކެޓްތަކާއި ކޯޕަރޭޓް، އެމްއައިސީއީ، ލެއިޝާ، ރެވެނިއު މެނޭޖްމަންޓް ފަދަ ދާއިރާތަކުން ސޭލްސް އެންޑް މާކެޓިންގެ ޑިސިޕްލިންތައް ފަދަ ކަންކަމާއި ސްޓާ ކްލާސް ހޮޓަލްތަކުން ފެށިގެން ޓޮޕް އެންޑް ލަގްޒަރީ ބޫޓިކް ރިސޯޓްތަކަށް ސޭލްސް އެންޑް މާކެޓިން ސޮލިއުޝަންތައް އުފެއްދުމުގެ ހުނަރު ލިބިފައިވާ ބޭފުޅެކެވެ. އަދި ޓޫރިޒަމްގެ ސިނާއަތަށް ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށް 2009 ވަނަ އަހަރު އަދި 2015 ވަނަ އަހަރު "ޒޮންޓާ ވުމެން އޮފް އެޗީވްމަންޓް އެވޯޑް ފޯ ޓޫރިޒަމް" އެވޯޑާއި "ވިމެން އިން މެނޭޖްމަންޓް- ޓޫރިޒަމް ގޯލްޑް އެވޯޑް" ލިބިވަޑައިގެންފައިވެއެވެ

މިއަހަރުވެސް ވިޒިޓާސް ޗޮއިސް އަދި ސްޕެޝަލް ރިކޮގްނިޝަން އެވޯޑްސް އާއެކު ޖުމުލަ 52 ކެޓަގަރީއަކަށް ވާދަކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. ސަރަހައްދީ ޓޫރިޒަމް އަދި ހޮސްޕިޓޭލިޓީ ދާއިރާގެ ކުރިއެރުމަށް ސަޓާއިން ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަންކޮށް 15 އަށްވުރެ ގިނަ ބައިނަލްއަގުވާމީ އަދި ސަރުކާރުގެ އިދާރާތަކުން ސަޓާ އެވޯޑްސް ވަނީ އެންޑޯސްކޮށްފައެވެ.

ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯގައެވެ. އަދި ޖެހިގެން އައި 2017 އަހަރު ރާއްޖޭގެ އައްޑޫ ސިޓީގެ އީކުއޭޓާ ވިލޭޖުގައި އެވޯޑް ހަފްލާ ބޭއްވި އިރު، 2018 ވަނަ އަހަރު ސަޓާ އެވޯޑްސް ހަފުލާ ބޭއްވީ އިންޑިއާގެ މުމްބާއީގައެވެ. 2019 ވަނަ އަހަރު އެވޯޑްސް ހަފްލާ ބާއްވާފައިވަނީ ސްރީލަންކާގެ އަމާރީ ގޯލްގައެވެ. އަދި ޕެންޑަމިކްއާ ގުޅިގެން 2020 ވަނަ އަހަރު އެ އެވޯޑް ހަފްލާ ބާއްވާފައިވަނީ ވާޗުއަލްކޮށެވެ.