ރާއްޖޭގައި އެންމެ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވި އޯލެވެލް އިމްތިހާން މިދިޔަ ހުކުރު ދުވަހު ނިމިއްޖެއެވެ.
ރާއްޖޭގެ 239 ސެންޓަރަކުން މިއަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު 5،393 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި އިރު، އިމްތިހާން ފެށީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
މި އަހަރުގެ އިމްތިހާނުގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ޑީޕީއީ)ގެ ބެލުމުގެ ދަށުން ސްރީ ލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައާއި މެލޭޝިއާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ހިންގާ ޕްރޮގްރާމުތަކުގައި ބައިވެރިވާ ދަރިވަރުންވެސް އޯލެވެލް އިމްތިހާނު ހަދާފައިވެއެވެ.
ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން ރާއްޖޭގައި އޯލެވެލް އިމްތިހާނު ބާއްވަމުން އައީ އޮކްޓޯބަރު/ނޮވެމްބަރުގައެވެ. ނަމަވެސް ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ސަރުކާރުން އަލަށް އަމަލުކުރަން ފެށި ސިޔާސަތުގެ ދަށުން މިދިޔަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށީ އޯގަސްޓް 10 ވަނަ ދުވަހުއެވެ.
ދިރާސީ އަހަރުގެ ކިޔެވުން ނިންމާލުމަށްފަހު ދަރިވަރުންނާއި ޓީޗަރުންނާއި ސްކޫލުތަކުގެ މުވައްޒަފުން ޗުއްޓީއަށް ދާނީ މިމަހުގެ ތެރޭގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު