މިއަންމާ ސަރުކާރުގެ ކުރީގެ އިސް ލީޑަރު އަން ސަން ސޫކީގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ, ފަސް އަހަރަށް ޖަލަށްލާން މިއަދު ހުކުމްކޮށްފިއެވެ.
މިޔަންމާގެ ވެރިރަށުގައި ހުންނަ އަސްކަރީ ކޯޓަކުން މިއަދު ކުރި އެ ހުކުމަކީ ސޫކީގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ 11 ދައުވާގެ ތެރެއިން އެއް ދައުވާގެ ހުކުމެވެ. ނަމަވެސް އެ ހުރިހާ ދައުވާއަކަށް ސޫކީ ވަނީ އިންކާރު ކުރައްވައިފައެވެ.
ކުށް ސާބިތުވި ކަމަށް ކަނޑައެޅި މައްސަލައިގައި ސޫކީގެ މައްޗަށް ތުހުމަތުކުރަނީ ރިޝްވަތުގެ ގޮތުގައި 11.4 ކިލޯގުރާމްގެ ރަނާއި 600,000 އެމެރިކާ ޑޮލަރު ނެންގެވި ކަމަށެވެ.
މިއަންމާގެ މަދަނީ ސަރުކާރު، ސިފައިން ނުކުމެ ފެބްރުއަރީ 2021ގައި ވައްޓާލި ފަހުން ސޫކީ، 76، ހުންނެވީ ގޭގައި ބަންދުކޮށްފައެވެ.
ސޫކީއާ ދެކޮޅަށް މަދުވެގެން 18 ޖިނާއީ ދައުވާތަކެއް އުފުލާފައިވާ އިރު, އެ ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ 190 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ސޫކީއަށް މީގެ ކުރިން ސާބިތުވީ ސިފައިންނާ ދެކޮޅަށް ރުޅިވެރިކަން އުފެއްދުމާއި ކޮވިޑްގެ އުސޫލާ ހިލާފުވުމާއި ޓެލެކޮމިއުނިކޭޝަން ގާނޫނާ ހިލާފުވި ކަމަށެވެ. އެ މައްސަލަތަކުގައި އިއްވީ ހަ އަހަރުގެ ޖަލު ހުކުމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު