އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު ފުރުސަތެއް ލިބުމަށްފަހު އަޅުގަނޑުމެން އަމިއްލަ ފަރުވާ ކުޑަކަމުން، ނުވަތަ އިހުމާލަކުން އެ ފުރުސަތު ބީވެގެން ހިނގައްޖެނަމަ އަޅުގަނޑުމެން އެކަމާ ވަރަށް ދެރަވޭ، އެހެންނޫންތޯ؟
އެ ހިތިކަމުގެ ބޮޑުކަމުން ގޮސް ބައެއް ފަހަރު ލަގޮނޑިއަށް ވެސް އޭގެ އަސަރު ކުރެއެވެ.
ރޯދަ މަހަކީ އެފަދަ ފުރުސަތެކެވެ. އަނަސްބުނު މާލިކުގެ އަރިހުން ރިވާވެގެންވާ ބަސްފުޅެއްގައިވެއެވެ. ރޯދަމަސް އެބައިމީހުންނާ ބައްދަލުކުރި ހިނދު ކީރިތި ރަސޫލާ ހަދީސް ކުރެއްވިއެވެ. ހަމަ ކަށަވަރުން ތިޔަބައިމީހުންނާ މި މަސް ބައްދަލުކޮށްފިއެވެ. މިމަހުގައި 1000 މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއްވެއެވެ.
އެރޭގެ ހެޔޮކަމުން މަހްރޫމު ވެއްޖެ މީހާ، ހުރިހާ ހެޔޮ ކަމަކުން މަހްރޫމު ވެއްޖެއެވެ. އަދި އެރޭގެ ހެޔޮކަމުން މަހްރޫމުވާހުށީ އިންތިހާއަށް މަހްރޫމުވެފައިވާ މީހެކެވެ.
ލޮބުވެތި އަހުންނޭވެ، މިއީ ވަރަށް އަގުހުރި ފުރުސަތެކެވެ. އެހެންކަމުން މި ފުރުސަތު އަޅުގަނޑުމެންގެ އަތުން ބީވިޔަ ނުދިނުމަށް އަޒުމް ކަނޑައަޅަމާ ހިންގަވާށެވެ.
މެސެޖު ދެއްވީ: އަލްއުސްތާޛް މުހައްމަދު ފިރްޒުލް އަބްދުﷲ ޚަލީލް / އިލްމު އިންސްޓިޓިއުޓް
- "ރޯދައިގެ މެސެޖް" އަކީ މި ބަރަކާތްތެރި ރޯދަމަހުގެ ކޮންމެ ދުވަހަކު ހަވީރު 06:00 ގައި ވަން މީޑިއާ ގުރޫޕުގެ ޑިޖިޓަލް ޓީވީ، ވަން ޕްލަސް އިން ގެނެސްދޭ ނަސޭހަތުގެ ބަސްކޮޅެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ވަން މީޑިއާ ގުރޫޕާއި އިލްމު އިންސްޓިޓިއުޓް ގުޅިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު