މެޑިފްލެކްސް ގެ ރަމަޟާން ކެމްޕެއިންގެ ތެރެއިން، ފައިސާގެ އިނާމުތައް ލިބޭ ޓިކްޓޮކް ޗެލެންޖެއް ފަށައިފިއެވެ.

ރޯދަމަސް ނިމެންދެން ކުރިއަށް ގެންދާ މި ޓިކްޓޮކް ޗެލެންޖުގައި ކޮންމެ ހަފުތާއަކު އެއްވަނައަށް ދާ ފަރާތެއް ހޯވައި އިނާމެއްގެ ގޮތުގައި 5،000 ރުފިޔާ ދިނުމަށް ވަނީ ނިންމައިފައެވެ. އަދި މުޅި ޗެލެންޖުގެ އެއްވަން އިނާމެއްގެ ގޮތުގައި 10،000 ރުފިޔާ ދޭން ވަނީ ނިންމައިފައެވެ.

މެޑިފްލެކްސް އިން މިއަދު ބުނީ މި ޗެލެންޖަކީ ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޗެލެންޖެކެވެ.

ޗެލެންޖުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ހަދާ ޓިކްޓޮކް ޗެލެންޖު ވާންޖެހޭނީ މެޑިފްލެކްސް އިން ދެމުން އަންނަ ހިދުމަތްތަކާ ގުޅުން ހުރި ތީމަކަށް ކުޅެފައިވާ ވީޑިއޯ އަކަށެވެ. އަދި ޓިކްޓޮކް ވާން ޖެހޭނީ 30-90 ސިކުންތުގެ ވީޑިއޯއަށް ކަމަށާއި ޕޯސްޓު ކުރާއިރު mediflexmv@ އަދި ހޭޝްޓެގް Mediflexmv# ޖަހަން ޖެހޭނެ ކަމަށް ވެސް މެޑިފްލެކްސް އިން ބުންޏެވެ.

މެޑިފްލެކްސް އިން ބުނީ މި ޗެލެންޖުން އެއްވަނައަށް ހޮވޭ ވީޑިއޯ ކަނޑައަޅާނީ އެކަމަށް ހާއްސަ ޖަޖް ޕެނަލަކުން ކަމަށެވެ. އަދި ވަނަ ދިނުމުގައި ބަލާނީ އެންމެ ގިނަ ލައިކް ލިބޭ ވީޑިއޯ އާއި އެންމެ ގިނަ މީހުން ޝެއާކުރާ ވީޑިއޯއަށް ކަމަށްވެސް މެޑިފްލެކްސް އިން ބުންޏެވެ.