އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކަށް އެދުމުގެ ފުރުސަތު އަލުން ހުޅުވާލަން ނިންމައިފިއެވެ.
އެސްޑީއެފްސީން މިއަދު ބުނީ ދަނޑުވެރިކަމަށް ދޫކުރާ "ދަނޑުވެރި ނަފާ" ލޯނާއި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކަށް ދޫކުރާ "ވިޔަފާރި އެހީ" ލޯނަށް އެދުމުގެ ފުރުސަތު މާދަމާއިން ފެށިގެން ހުޅުވާލާނެ ކަމަށެވެ. އަދި އެހެނިހެން ލޯނުތަކަށް އެދުމުގެ ފުރުސަތު އަންނަ މެއި މަހުން ފެށިގެން ހުޅުވާލާނެ ކަމަށް އެސްޑީއެފްސީން ބުނެއެވެ.
ދަނޑުވެރި ނަފާގެ ލޯނަކީ އެސްޑީއެފްސީ އާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ގުޅިގެން ރާއްޖޭގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެކުލަވާލާފައިވާ ލޯނެކެވެ.
ވިޔަފާރި އެހީގެ ލޯނަކީ ކުދި ވިޔަފާރިތަކަށް ކުރު މުއްދަތެއްގެ ތެރޭގައި ދަތިތަކާ ނުލައި ބޭނުންވާ މާލީ އެހީ ފޯރުކޮށްދިނުމަށް ދޭ ލޯނެކެވެ.
އެސްއެމްއީ ލޯނުތަކަށް އެދުމުގެ ފުރުސަތު 6 ޑިސެމްބަރު 2021 ގައި ވަނީ މެދުކަނޑާލައިފައެވެ. އެސްޑީއެފްސީން ބުނީ ލޯނުތަކަށް އެދުމުގެ ފުރުސަތު މެދުކަނޑާލީ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ނިންމުމަށާއި އެ ކޯޕަރޭޝަނުން ދެމުންދާ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކަމަށެވެ.
އެސްޑީއެފްސީއަކީ މިސަރުކާރުގެ އެއް ވައުދުކަމުގައިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދިނުމުގެ ގޮތުން ގާއިމުކޮށްފައިވާ ކުންފުންޏެކެވެ
- ޓޫރިޒަމް (ރަށު ފަތުރުވެރިކަން)
- ދަނޑުވެރިކަން
- މަސްވެރިކަން
- އުފެއްދުންތެރިކަމާ ގުޅުންހުރި ވިޔަފާރިތައް
- އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
ޚަބަރު
ޚަބަރު
ޚަބަރު