ރޯދައާ ބެހޭގޮތުން އައިސްފައިވާ ގުދުސިއްޔަ ހަދީސް ބަސްފުޅެއްގައި، މާތް ﷲ ސުބުހާނަހޫ ވަތައާލާ ވަހީކުރެއްވި ބަސްފުޅެއްގެ މާނާގައިވަނީ، ރޯދަ ވަނީ ތިމަން ﷲ އަށް ކަމަށާއި، އެ ރޯދައަށް ޖަޒާ ދެއްވާހުށީ ތިމަން ﷲ ކަމަށެވެ.
އޭގެ ވަރަށް ގިނަ ސަބަބުތައް އިލްމުވެރިން ބަޔާން ކުރައްވާފައިވެއެވެ.
އެގޮތުން ރޯދަވެރިޔާއަށް އެހާ މަތިވެރި ދަރުމަ އާއި ސަވާބެއް ކަނޑައެޅިގެންވާ އެންމެ މައިގަނޑު އެއް ސަބަބަކީ ރޯދަ ހިފުމުގެ ތެރޭގައި އިންސާނާ، އެ ބޭރުވެގަންނަނީ އޭނާގެ ތަބީއަތާ ގުޅިފައި ހުރި ކަންތައްތަކަކުންކަން، އަލްގުރުތުބީ، އެކަލޭގެފާނުގެ ތަފްސީރުގައި ބަޔާން ކުރައްވާފައިވެއެވެ.
ކޮންމެއަކަސް ކެއިން ބުއިމާއި ޖިންސީ ޣަރިީޒާ ފުއްދުމަކީ އަޅުގަނޑުމެންގެ ތަބީއަތުގައި ލައްވާފައިވާ ކަންތައްތަކެކެވެ. އެހެންނަމަވެސް އެކަލާނގެ އަމުރުފުޅަށް ތަބާވުމުގެ ގޮތުން ރޯދަމަހުގެ ދުވަސްތަކުގައި އަޅުގަނޑުމެން އެ ތަބީއަތުތައް ދޫކޮށްލައެވެ. އަދި މާތް ﷲ ސުބުހާނަހޫ ވަތައާލާއަށް ކުއްތަންވެއެވެ.
އެހެންކަމުން މިއީ އިންސާނާ ވަރަށް މަތިވެރި ދަރަޖައަކަށް އުފުލިގެންދާ އަމަލެކެވެ. އެހެންކަމުން މި ރޯދަމަހުގެ ދުވަސްތަކާއި ރޭތައް އިހުޔާ ކުރުުމުގައި، އަދި މި ރޯދަމަހުގެ ރޯދަތައް ފުރިހަމަކުރުމުގައި އަޅުގަނޑުގަނޑުމެން މި މަތިވެރި ދަރަޖަ ދެނެތިބެ އެ އަމަލު ފުރިހަމަކުރުމަށް އަޒުމް ކަނޑއަޅަމާ ހިންގާށެވެ.
މެސެޖު ދެއްވީ: އަލްއުސްތާޛް މުހައްމަދު ފިރްޒުލް އަބްދުﷲ ޚަލީލް / އިލްމު އިންސްޓިޓިއުޓް
ޚަބަރު
ޚަބަރު
ޚަބަރު