މައުލޫމާތު ފޯރުކޮށްދިނުމަށް އަމާޒު ކޮށްގެން، "ޣާޒީ ޖޯލިފަތި"ގެ ނަމުގައި ހާއްސަ ހަރަކާތެއް ހުޅުމާލެ ޣާޒީ ސްކޫލްގައި ފަށައިފިއެވެ.
މިދިޔަ އަންގާރަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. ފާތުމަތު ނިޝާން އާއި އިސްލާމިކް ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާ ޑރ. މަރިޔަމް ޝަރީފެވެ. މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވުމުގެ ގޮތުން އެ ދެ ބޭފުޅުން ވަނީ އެބޭފުޅުންގެ ތަޖުރިބާ އާއި މައުލޫމާތު ހިއްސާކުރައްވައިފައެވެ.
މި ޕްރޮގްރާމަކީ ޣާޒީ ސްކޫލްގެ އިންކްލޫސިވް ޑިޕާރޓްމެންޓު (ޖެމްސް) އިން އިސްނަގައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ޣާޒީ ސްކޫލުން ބުނީ އެ ސްކޫލްގެ ޖޯލިފަތި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ފުޅާ ދާއިރާއެއްގައި އެކި ކަންކަމާބެހޭގޮތުން ލިބެންޖެހޭ މުހިއްމު މައުލޫމާތު ސްކޫލްގެ ހުރިހާ ފަރާތްތަކަށް ފަސޭހަކަމާއެކު، އެކުވެރި މާހައުލެއްގައި ފޯރުކޮށްދިނުން ކަމަށެވެ.
މިއީ ޣާޒީ ސްކޫލްގެ މެނޭޖްމެންޓް މެންބަރުންނަށާއި ޓީޗަރުންނަށާއި ބެލެނިވެރިންނަށާއި ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށްވެސް އެސްކޫލުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު