އެލައިޑް އިންޝުއަރެންސް އިން ކްލައިންޓުންނަށް ބަދަލުގެ ގޮތުގައި ފާއިތުވި ޑިސެމްބަރު މަހު 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި އެވެ.
އެލައިޑުން ބުނީ މާކެޓުގައި އެންމެ އަގުހެޔޮ އަދި އެންމެ ރަނގަޅު އިންޝުއަރެންސް ކަވަރ ކްލައިންޓުންނަށް ދޭން އެކުންފުނިން ވެފައިވާ ވައުދާ އެއްގޮތަށް، ފާއިތުވި ޑިސެމްބަރު މަހު އެކަނިވެސް އިންޝިއުރެންސް ކްލެއިމްސްތަކަށް 10،110،270 އަށް ވުރެ ގިނަ ރުފިޔާ އެކުންފުނީގެ ކަސްޓަމަރުންނަށް ދީފައިވާނެ ކަމަށެވެ.
އިނގިރޭސިވިލާތުގެ ކޮމާޝަލް ޔޫނިއަން އިންޝުއަރެންސް އާއި ދިވެހިންގެ ވިޔަފާރި ކުންފުނި އެސްޓީއޯ ޖޮއިންޓް ވެންޗާ އެއްބަސްވުމެއްގެ ދަށުން 1985ގައި އުފެއްދި އެލައިޑަކީ ރާއްޖޭގެ އިންޝުއަރެންސްގެ މައި ތަނބެވެ. ކުންފުނީގެ އުމުރުން މި އަހަރު 36 އަހަރު ފުރޭއިރު ރާއްޖޭގެ އެންމެ މަގުބޫލު އިންޝުއަރެންސް ކުންފުނީގެ ގޮތުގައި ދެމިއޮވެ، ހިދުމަތްތައް އަތްފޯރާ ފަށަށް ކައިރިކޮށްލަދިނުމަށް އެލައިޑުން އަންނަނީ މަސައްކަތްކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު