މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏެއް ކަމަށްވާ ހޮރައިޒަން ފިޝަރީސް މޯލްޑިވްސް އިން ދަޅުގައި ބަންދުކުރި މަސްހުނި ބާޒާރަށް ނެރެފިއެވެ.
ހޮރައިޒަން އިން އުފައްދާފައިވާ މަސްހުނި ދަޅު ރަސްމީކޮށް ނެރެދެއްވީ މަސްހުނި ދަޅު ބާޒަރަށް ނެރެދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ.
ހޮރައިޒަން އިން ބުނީ، މަސްހުންޏަކީ ހެނދުނުގެ ނާސްތާއަށް ދިވެހިންގެ މެދުގައި މަގުބޫލު އެއްޗަކަށްވާތީ، އެ އުފެއްދުމަށް ތަރުހީބު ލިބިގެންދާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އަދި އެ މަސްހުނި ދަޅު އުފައްދާފައި ވަނީ ދިވެހި ރަހަތައް ހިމަނައި ދިވެހިންނަށް ކަމުދާނެ ގޮތްތައް ބަލައިގެން ކަމަށް ބުންޏެވެ.
އެ ކުންފުނިން ބުނީ މަސްހުނި ތައްޔާރުކުރުމަށް ހެނދުނު ގަޑީގައި ހޭދަވާ ވަގުތު ސަލާމަތްވުމަށް މަގުފަހިކޮށްދޭނެ އެ އުފެއްދުމަކީ ވަރަށް ގިނަ މީހުންނަށް ކަމުދާނެ އުފެއްދުމަކަށް ވެގެންދާނެ ކަމަށެވެ. މަސްހުނި ދަޅުތަކުގެ މުއްދަތު ހަމަވާނީ ދެ އަހަރު ފަހުންނެވެ.
މާދަމާއިން ފެށިގެން މަސްހުނި ދަޅު ހޮރައިޒަން ފިޝަރީޒް ޝޮޕުންނާއި ޗާންދަނީ މަގުގައި ހުންނަ ސީފުޑް ޕްލަސްއިން ލިބެން ހުންނާނެއެވެ. 185 ގްރާމުގެ މަސްހުނި ދަޅުގެ އަގަކީ 15 ރުފިޔާއެވެ. މަސްހުނި ދަޅު ކޭހެއްގެ އަގަކީ 640 ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު