ގައުމީ ނެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިއޭޝަން ކްލަބު (ކޭވައިއާރުސީ) އަދި އަންހެން ޑިވިޝަންގެ ތަށި ކްލަބް ގްރީން ސްޓްރީޓްސް އިން އުފުލާލައިފިއެވެ.
ކޭވައިއާރުސީން ފައިނަލުގައި ރޭ ކުޅުނީ ކްލަބު މެޓްރިކްސްއާ ދެކޮޅަށެވެ. ފައިނަލުގައި ކޭވައިއާރުސީން ވަނީ މެޓްރިކްސްގެ މައްޗަށް 30-27 ޕޮއިންޓުން ކުރި ހޯދައިފައެވެ. ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފޯރިގަދަ ފިރިހެން ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ ކޭވައިއާރުސީގެ މުހައްމަދު އަރާޝް އައްސަދެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔަކީ ކޭވައިއާރުސީގެ ހުސެއިން ސަވީލްއެވެ. އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ކޭވައިއާރުސީގެ ސަވީލްއާއި އަރާޝްގެ އިތުރުން ހުސެއިން ހަލީމް، އަހުމަދު ހުޝާމް އަދި މެޓްރިކްސްގެ އިސްމާއިލް ފަރުހާނާއި އިބްރާހިމް އިޔާޒާއި އަހުމަދު އަފްޝަން ރަޝާދެވެ.
އަންހެން ޑިވިޝަންގެ ފައިނަލް މެޗު އޮތީ ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައެވެ. ގްރީން ސްޓްރީޓްސްއިން ފައިނަލުގައި ނުކުތީ ކޭވައިއާރުސީ އަންހެން ޓީމާ ދެކޮޅަށެވެ. ފައިނަލް މެޗުގައި ކޭވައިއާރުސީއާ ބައްދަލުކޮށް ގްރީން ސްޓްރީޓްސް މޮޅުވީ 52-32 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކްލަބު ގްރީން ސްޓްރީޓްސްގެ އައިޝަތު ނާޒިމާއެވެ.
ރޭގެ އަންހެން ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު