ނެޝަނަލް ސެންޓާ ފޯ ދަ އާޓްސް (އެންސީއޭ)ގެ ސީނިއާ އެގްޒެކިޓިވް ޑިރެކްޓަރެއްގެ މަގާމަށް ފިލްމީ ތަރީ އަބްދުﷲ މުއާޒު އައްޔަންކޮށްފި އެވެ.

މީގެ ކުރިން އެންސީއޭގެ ކޯޑިނޭޓަރުކަން ކުރެއްވި މުއާޒު އެ މަގާމަށް އައްޔަން ކުރީ އިއްޔެގެ ވަގުތެއްގަ އެވެ.

މުސާރައިގެ ގޮތުގައި މަހަކު 25،000 ރުފިޔާ ލިބޭ އެ މަގާމު މުއާޒަށް ދީފައިވަނީ ސިޔާސީ މަގާމެއްގެ ގޮތުގައެވެ.

ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި އެންސީއޭގެ ކޯޑިނޭޓަރުކަމުގެ މަގާމުގައި ހުއްޓައި މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ހައްޔަރުވެސް ކުރިއެވެ.