ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ މިރޭ 7:00 ހާއިރުއެވެ. ނަމަވެސް ރޯވި އަލިފާންގަނޑު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވަނީ ނިއްވާލައިފައެވެ.

ފިޔަވަތީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފައިވާ އިރު، އެ ސަރަަހައްދުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ފިޔަވަތި ސަރަހައްދުގައި ހުރި "ވަން"ގެ ނޫސްވެރިޔާ ބުނީ، ފިޔަވަތީގެ ފުރާޅަށް ގިނަ އަދަދެއްގެ ކުދިން އަރައިގެން އުޅޭ ކަމަށާއި އެ ކުދިން ފިޔަވަތިން ބޭރަށް ނުކުތުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.