ތާލިބާނުންގެ އަތްދަށުގައި އޮތް އަފްގާނިސްތާނުގެ ވެރިރަށް ކާބުލް އެއާޕޯޓުގައި ދިން ބޮމުގެ ހަމަލާތަކެއްގައި 60 އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އަފްގާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް ހުރާސާން ޕްރޮވިންސް (އައިސިސް-ކޭ) ދިން އެ ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އެމެރިކާ ސިފައިންގެ 13 މީހަކު ހިމެނެއެވެ. އަދި ގިނަ ބަޔަކު ޒަހަމްވެފައިވެއެވެ.
މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ހަމަލާ ރާވައި ހިންގި މީހުން ހޯދައި އެކަމުގެ އަގު އަދާކުރަން ޖެހޭނެ ކަމަށް ވިދާޅުވެ، އިންޒާރު ދެއްވައިފައެވެ.
ހަމަލާތަކުގެ ތަފުސީލު ދެއްވަމުން ޕެންޓަގަންގެ ޕްރެސް ސެކެޓްރީ ޖޯން ކާބީ ވިދާޅުވީ، ފުރަތަމަ ބޮން ގޮއްވާލީ އެއާޕޯޓުގެ އެބީ ގޭޓު ކައިރީގައި ކަމަށާއި ދެވަނަ ބޮން ގޮއްވާލާފައި ވަނީ ބެރޮން ހޮޓެލް ކައިރީގައި ކަމަށެވެ.
މި ހަމަލާއަކީ ތާލިބާނުގެ ބާރުގެ ދަށަށް އަފްގާނު ދިޔަތާ 10 ދުވަހުގެ ތެރޭގައި ދިން ފުރަތަމަ ހަމަލާއެވެ. އަދި މިމަހުގެ 15 ވަނަ ދުވަހު އަފްގާނުގެ ރައީސް އަޝްރަފް ގަނީ ގައުމު ދޫކޮށް ވަޑައިގަތުމުން، އެގައުމުގެ ސިފައިންގެ ގިނަ ބައެއްގެ ވަޒީފާ ގެއްލި ބާރު ކެނޑިފައިވާތީ ހަމަލާގެ މަސްއޫލިއްޔަތު އަދާކުރަން ޖެހޭނީވެސް ތާލިބާނުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ