ހާއްސަ އެހީއަށް ބޭނުންވާ ކުދީންނަށް ކުލާސްރޫމަށް ވަންނަން ފަސޭހަ ކޮށްދިނުމަށް މަޝްހޫރު އާރްސީސީ ކޮމްޕެނީގެ އެހީއާއެކު ކަލާފާނު ސްކޫލުގައި ލިފްޓެއް ހަރުކޮށްފި އެވެ.
އާރްސީސީ އިން ބުނީ މިއީ އެކުންފުނީގެ ސީއެސްއާރްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުލާސްތަކަށް ދިއުމަށް ފަސޭހަކޮށްދިނުމަށް ހަރުކޮށްދީފައިވާ ލިފްޓެއް ކަމަށެވެ. މި ލިފްޓް ހަރުކޮށް ހުޅުވާފައިވަނީ މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނު ދުވަހު އެވެ.
މި ލިފްޓް ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.
ހާއްސަ އެހީއަށް ބޭނުންވާ ކުދީންނަށް އެންމެ ފަސޭހަ ކިޔެވުމުގެ މާހައުލެއް ނެތުމަކީ ރާއްޖޭގެ ސްކޫލުތަކުގައި އޮތް ކަންބޮޑުވުމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު