ގްރޭޑް ނުވަޔަކުން މަތީ ގްރޭޑުތަކަށް ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ ޑިޖިޓަލް ޓެކްސް ފޮތުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެން އެއް ދުވަހަށް ވެފައިވާއިރު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ގްރޭޑް ނުވައަކުން ފެށިގެން ގުރޭޑު 11އިގެ ދަރިވަރުންނަށް ކިޔަވައިދޭނީ ޓެބްލެޓުން ކަމަށެވެ. އަދި އެ ކުދިންނަށް ދޭނީ ޑިޖިޓަލް ޓެކްސް ފޮތް ކަމަށްވެސް ވިދާޅުވިއެވެ.
ޑރ. އައިޝަތު އަލީ ވިދާޅުވީ ސްކޫލް ހުޅުވެންވާއިރަށް ހުރިހާ ފޮތްތައް ދަރިވަރުންނަށް ދިނުމަށް އަމާޒު ހިފާއަިވާ ކަމަށާއި ހާޑް ކޮޕީ ނުލިބޭ ފޮތްތަކުގެ ސޮފްޓް ކޮޕީ މިހާރު ދަރިވަރުންނާއި ހަވާލު ކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ޓެބްލެޓް ބޭނުންކޮށްގެން ޑިޖިޓަލްކޮށް ކިޔަވައިދިނުން. އެގޮތުން ގުރޭޑު ނުވަޔަކުން 11 އަށް އަޅުގަނޑުމެން ކިޔަވައިދޭނީ ޑިޖިޓަލް ޓެކްސްޓް ފޮތުން. އެ ކުދިންގެ ފޮތްތައް ޕްރިންޓެއް ނުކުރާނެ. އެއްވެސް ދަރިވަރަކު ފޮތްތައް ހަމަނުވެގެން ކިޔެވުން ނުގެއްލޭނެ،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޓެކްސްޓް ފޮތްތަކަކީ ބޭރުން ގެންނަ ފޮތްތަކެއް ކަމަށާއި ކޮވިޑުގެ ހާލަތާއި ގުޅިގެން ފޮތްތަށް ގެނައުން ލަސްވެފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު