މާލޭ އިރުމަތީ ފަރާތަށް ވަރަށް ބޮޑަށް އުދަ އަރައި، އެ ސަރަހައްދުގައި ފެންބޮޑުވެއްޖެއެވެ.
އެ ސަރަހައްދަށް އުދަ އަރަން ފަށާފައިވަނީ އިރުއޮއްސި 6:30 ހާއިރުއެވެ.
އުދަ އެރުމުގެ ސަބަބުން އާޓިފިޝަލް ބީޗާ ދިމާ ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަހައްދުތައް އަދި އާޓިފިޝަލް ބީޗާ ދިމާ މަޖީދީ މަގުވެސް ވަނީ ފެންބޮޑުވެފައެވެ. އެ ސަރަހައްދަށް ގާތްގަނޑަށް ފޫޓެއްހާ އުސްމިނަށް އުދަ އަރައިފައިވެއެވެ.
މާލޭ ސިޓީ ކައުންސިލުން މިހާރު އަންނަނީ އެ ސަރަހައްދަށް އިތުރަށް އުދަ އެރިޔަ ނުދިނުމަށް މަސައްކަތް ކުރަމުންނެވެ.
މާލޭ އިރުމަތީ ފަރާތަކީ އާންމުކޮށް އުދަ އަރާ ސަރަހައްދެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު