މައިލޯ ޕެކެޓާއެކު ކަރުދާސް ހޮޅި ރާއްޖެއަށް ތައާރަފް ކޮށްފި އެވެ.
މިއީ ރާއްޖެއަށް ޕްލާސްޓިކް އެތެރެކުރުން މަނާ ކުރުމުން ޕްލާސްޓިކް ނޫން ހޮޅީގައި ބޯން ތައްޔާރުކޮށްފައި ހުންނަ ބުއިންތައް އެތެރެ ކުރި ފުރަތަމަ ފަހަރެވެ.
ރާއްޖެއަށް މައިލޯ އެތެރެކޮށް ޑިސްޓްރިބިއުޓް ކުރަނީ ބީއެޗްއެމްއާއި ލީލީ ސްޓޯރުންނެވެ.
ރާއްޖޭގެ ބާޒާރު މަތީގެ ފިހާރަތަކުންނާއި ރީޓެއިލް ފިހާރަތަކުންވެސް މި މައިލޯ ޕެކެޓް މިހާރު ލިބޭނެ އެވެ.
މައިލޯ އިން ބުނީ ކަރުދާސް ހޮޅި ރާއްޖޭގައި ބޭނުން ކުރަން ފެށި ފުރަތަމަ ތައްޔާރީ ބުއިމަކަށް މައިލޯ ވުމަކީ ލިބޭ ފަހުރެއް ކަމަށެވެ. އަދި މިއީ ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުން ކޮށްފައި އެއްލާލެވޭ ޕްލާސްޓިކް މަދުކުރުމަށް މައިލޯއިން ކުރާ މަސައްކަތުގައި ފެށުމެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު