ކޮކާކޯލާ މޯލްޑިވްސްއިން ތިމާވެއްޓާ ރައްޓެހި ބޮނަކުއާ ބްރޭންޑުގެ އެއް ލީޓަރުގެ ބިއްލޫރި ފުޅި ތައާރަފުކޮށްފިއެވެ.
ކޮކާކޯލާ މޯލްޑިވްސް އިން ބުނީ، ރާއްޖޭގައި ބޮނަކުއާގެ ބިއްލޫރި ފުޅިތައް އެންމެ ފުރަތަމަ ތައާރަފުކުރާނީ ބައެއް ރިސޯޓުތަކާއި ހޮޓެލްތަކުގެ އިތުރުން ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުގައި ކަމަށާއި އެއަށްފަހު މީހުން ދިރިއުޅޭ ހުރިހާ ރަށަކަށްވެސް އެ ފުޅިތައް ތައާރަފުކުރާނެ ކަމަށެވެ.
ކޮކާކޯލާގެ ސްރީލަންކާއާއި ރާއްޖޭގެ މެނޭޖަރު ޕަންކާޖު ސިންހާ ވިދާޅުވީ، އެ ކުންފުނީގެ އުފެއްދުންތައް ބަންދުކުރާ ގޮތަށް ބަދަލު ގެންނަނީ ޕްލާސްޓިކުން ސަލާމަތްވެފައިވާ ދުނިޔެއެއްގެ އަމާޒަށް ވާސިލުވާން މަސައްކަތް ކުުރުމުގެ ގޮތުން ކަމަށާއި ރާއްޖޭގައި ބޮނަކުއާގެ ރިޓާނަބަލް ބިއްލޫރި ފުޅި ތައާރަފުކުރުމަކީ އެ އަމާޒަށް ވާސިލުވުމުގައި އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
"ކޯކް2ހޯމް" މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ބޮނަކުއާ ބިއްލޫރި ފުޅިއަށް އޯޑަރު ކުރެވޭނެއެވެ.
ބޮނަކުއާގެ ބިއްލޫރި ފުޅި ރާއްޖެއަށް ތައާރަފުކުރި ނަމަވެސް، އެކުންފުނިން ވިއްކާ ބޮނަކުއާ ޕެޓް ފުޅިވެސް ލިބެން ހުންނާނެއެވެ.
ޕްލާސްޓިކް މަދުކުރުމުގެ ގޮތުން ކޮކާ ކޯލާއިން އަންނަނީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ބޮނަކުއާ ބްރޭންޑުގެ ބިއްލޫރި ފުޅިތައް ތައާރަފުކުރަމުންނެވެ.
ކުނި މަދުކުރުމަށް ކޮކާކޯލާއިން 2018 ވަނަ އަހަރު ވަނީ ހާއްސަ ކެމްޕޭނެއް ވަނީ ފަށައިފައެވެ. އެ ކެމްޕޭނުގެ ދަށުން 2030ގެ ނިޔަލަށް އެކުންފުނިން ވިއްކާ ކޮންމެ ދަޅަކާއި ޕްލާސްޓިކް ފުޅިއަކަށް ކުނީގެ ގޮތުގައި އުކާލާފައިވާ ދަޅަކާއި ޕްލާސްޓިކް ފުޅިއެއް ރީސައިކަލް ކުރުމަށް ވަނީ ނިންމައިފައެވެ. އަދި 2030ގެ ކުރިން ރީސައިކަލް ކޮށްފައިވާ ތަކެތިން ޕެކޭޖިންގެ 50 އިންސައްތަ އުފައްދާ ގޮތަށް ޕެކޭޖިން ތައްޔާރު ކުރުމަކީވެސް އެކުންފުނީގެ އަމާޒެކެވެ.
މީގެ އިތުރުން ކޮކާކޯލާއިން ވަނީ 2025 ގެ ކުރިން އެކުންފުނީގެ އުފައްދުންތައް މުޅިން ރީސައިކަލް ކުރެވޭ ގޮތަށް ބަދަލުކުރުމަށްވެސް ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު