މިރޭގެ ހަނދު ފެނުގެ ފުރުސަތެއް ނެތް ކަމަށް ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ހިނގަމުން މިދާ 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ހުސްވި އޭޕްރިލް މަހުގެ 13 ވީ އަންގާރަ ދުވަހެވެ. ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފަހު ރޯދައަށް ވާނީ މާދަމާއެވެ. އަދި ފިތުރު އީދު ދުވަހަށް ވާނީ މިމަހުގެ 13 ވަނަ ދުވަހެވެ.
އެކަން ކަށަވަރު ކޮށްދެއްވައި ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލެއަށް މިއަދުގެ އިރު އޮއްސުމުގެ 14 މިނެޓު ކުރިން ހަނދު އޮއްސޭނެ ކަމަށެވެ. އެހެންކަމުން މިއަދު ރާއްޖެއަށް ހަނދު ނުފެންނާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު