އެޑެކްސެލް އޭލެވެލް އަދި އޭއެސްލެވެލް އިމްތިހާނުތައް އަންނަ މަހުގެ 26 އަށް އަވަސް ކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގައި ހަދާ އޭލެވެލް އަދި އޭއެސްލެވެލް އިމްތިހާނުތަކުގެ ތާވަލަށް އެ އިމްތިހާނު ފޯރުކޮށްދޭ އެޑެކްސެލް އިން ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން މިހާރު އިމްތިހާނު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 26 ވަނަ ދުވަހު ކަމަށެވެ.
މިނިސްޓްރީން ބުނީ މި ބަދަލު ގެނެވިފައިވަނީ އެ މިނިސްޓްރީ އާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްއާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. އަދި އިމްތިހާނު ބާއްވާ ތާރީހު ބަދަލުކުރެވޭތޯ އެޑެކްސެލްއާ އެކު ކުރެވުނު މަޝްވަރާތަކުން އެކަމަށް އަލިމަގެއް ފެނިފައި ނުވާ ކަމަށްވެސް ބުންޏެވެ.
މިނިސްޓްރީން ބުނީ މި ބަދަލާ ގުޅިގެން އެޗްއެސްސީ އިމްތިހާނު ބާއްވާނީ އޭލެވެލް އަދި އޭއެސްލެވެލް އިމްތިހާނު ނިމުމަށްފަހު އެއްމަސް ފަހުން، 13 ޖޫން އިން 17 ޖޫންގެ ނިޔަލަށް ކަމަށެވެ.
މީގެ ކުރިން އޭލެވެލް އަދި އޭއެސްލެވެލް އިމްތިހާނު ބާއްވަން އެޑެކްސެލް އިން ނިންމާފައިވަނީ މެއި މަހުގެ 24 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު