ދެ ދުވަހުގެ މެދުކެނޑުމަކަށްފަހު މާދަމާ ގދ. ކާޑެއްދޫ އެއާޕޯޓަށް ފަލައިޓް ޖައްސަން ފަށާނެ ކަމަށް އެ އެއާޕޯޓުން ބުނެފި އެވެ.
ކާޑެއްދޫ އެއާޕޯޓުގެ އަލިފާން ނިއްވާ އުޅަނދަށް ދިމާވި މައްސަލައާ ގުޅިގެން އިއްޔެ އާއި މިއަދު އެ އެއާޕޯޓަށް އެއްވެސް ފްލައިޓެއް ޖައްސައިފައެއް ނުވެ އެވެ.
ނަމަވެސް އަލިފާން ނިއްވާ އުޅަނދުގެ އިންޖީނަށް ދިމާވި މައްސަލަ ރޭ ފަތިހު 4:00 ހާއިރު ހައްލުކޮށްފައިވާ ކަމަށް އެ އެއާޕޯޓުގެ މެނޭޖަރު މުހައްމަދު ޝަރީފް ވަނީ "ވަން" އަށް ވިދާޅުވެފަ އެވެ.
އެއާޕޯޓަށް ފްލައިޓް ޖެއްސުމުގެ ހުރިހާ ތައްޔާރީތަކެއް ވެފައި ހުރި ނަމަވެސް މިއަދުގެ ހުރިހާ ފްލައިޓެއް ވެސް މޯލްޑިވިއަން އިން ޑައިވާޓް ކޮށްފައިވަނީ އެ އަތޮޅުގައި އޮންނަ މާވަރުލު އެއާޕޯޓަށެވެ.
އެހެން ނަމަވެސް މާދަމާއިން ފެށިގެން ކާޑެއްދޫ އެއާޕޯޓަށް ފަލައިޓް ޖައްސަން ފަށާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު