ގައުމީ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފްގެ ސަސްޕެންޝަން އުވާލައިފި އެވެ.

އެމްއެންޔޫ އިން އިޔާޒް ގެ ސަންސްޕެންޝަން އުވާލާފައި މިވަނީ ސަސްޕެންޑް ކުރި 14 ދުވަސް ހަމަވުމުންނެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ޑރ. އިޔާޒް ސަސްޕެންޑްކުރީ ސޯޝަލް މީޑިއާގައި އޭނާ އާއްމުކުރައްވާ ތަފާތު ލިޔުންތަކުން ޔުނިވަސިޓީގެ އަބުރާއި ކަރާމަތަށް ހުތުރުވާ ކަމަށް ބުނެ އެވެ. އަދި އެ އެގޮތަށް ކަންތައްތައް ނުކުރަން ނަސޭހަތްތެރި ވުމުން ވެސް އެކަން އިސްލާހު ނުކުރުމުން އެކަން އިތުރަށް ތަހުގީގު ކުރުމަށް ކަމަށް އެމްއެންޔޫ އިން ވަނީ ބުނެފަ އެވެ.

ޑރ. އިޔާޒުގެ ސަސްޕެންޝަން އުވާލާފައިވާ ކަން އެމްއެންޔޫއިން މިއަދު ވަނީ އޭނާއަށް އަންގާފަ އެވެ.

އަނގަބަހުންނާއި ލިޔުމުން ނަސޭހަތް ދިނުމުން ވެސް އޭނާ ވާހަކަތައް ބަދަލު ނުކުރުމުން ސަސްޕެންޑް ކުރުމާއި ގުޅިގެން ޑރ. އިޔާޒު ވިދާޅުވެފައިވަނީ، ހަކުރާގޭގައި އެލުވި ނަމަވެސް ހައްގު ބަސް ވިދާޅުވާނެ ކަމަށެވެ.