ބޮޑެތި ޑިސްކައުންޓްތަކާއެކު ސަފަޔާ "ފްލޭޝް ސޭލް"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.
ލައިފް ސަޕޯޓްގެ ފިހާރައެއް ކަމަށްވާ ސަފަޔާއިން ވިޔަފާރި ކުރާ ހުރިހާ ފަރާތްތަކަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.
ފިހާރައިގެ ސެންޓް، ބިއުޓީ އަދި ޕާސަނަލް ކެއާ އަދި ކޮސްމެޓިކްސް ތަކެތިވެސް ހިމެނޭގޮތަށް 35 އިންސައްތައާ ހަމައަށް ބައެއް ޕްރޮޑަކްޓްތަކުން ވަނީ ޑިސްކައުންޓް ދޭގޮތަށް ހަމަޖައްސައިފައެވެ.
މި މަހުގެ 14 ފެށިގެން ކުރިއަށްދާ މި ޕްރޮމޯޝަން މިމަހުގެ 18ގެ ނިޔަލަށް ކުރިއަށްދާނެއެވެ. ޕްރޮމޯޝަންގެ ދަށުން ފިހާރައިން ވިޔަފާރިކުރާ ކޮންމެ ފަރާތަކަށް އަދި ފާމަސީ އޮންލައިން ވެބްސައިޓާއި އެޕްލިކޭޝަން ބޭނުންކޮށްގެން ގަންނަ ސަފަޔާގެ ޕްރޮޑަކްޓްތަކަށް ޑިސްކައުންޓް ލިބޭނެ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
ފާމަސީ އެމްވީ އަކީ އެއްތަނަކުން ގިނަ ވައްތަރުގެ ފެންވަރު ރަނގަޅު ކޮސްމެޓިކްސް، މަދާކެއާ، ބިއުޓީ އަދި ޕާސަނަލް ކެއާގެ ގިނަ ތަކެތި ލިބެން ހުންނަ އޮންލައިން ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމަކީ ރާއްޖޭގައި އޮންލައިންކޮށް ބޭސް އޯޑަރުކޮށް ޑެލިވާ ކުރަން ފެށި ފުރަތަމަ ވެބްސައިޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު