ކޮކާ ކޯލާގެ އާ ކެމްޕެއިން "ކޯކް އެންޑް މީލްސް" ރާއްޖޭގައި ވެސް ފަށައިފި އެވެ.
"ކޯކް އެންޑް މީލްސް" ކެމްޕެއިނާ ގުޅޭ ގޮތުން ކޮކާ ކޯލާއިން ބުނީ، އެ ކެމްޕެއިންނަކީ ކޮވިޑުގެ ބަލިމަޑުކަމާއެކު އާ އާންމު ހާލަތުގައި ކެއިންބުއިމުގެ ތެރެއިން އާއިލާ އާއި ގާތް އެކުވެރިންނާއެކު އޮންނަ ގުޅުން ބަދަހިކޮށް އެކުގައި ވަގުތު ހޭދަކުރުމުގެ މުހިންމުކަން އަންގައިދިނުމަށް ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށެވެ.
ކޯކް އެންޑް މީލްސް ކެމްޕެއިނާ ގުޅޭގޮތުން ކޮކާ ކޯލާ މޯލްޑިވްސްގެ ކަންޓްރީ މެނޭޖަރު ޕަންކަޖު ސިންހާ ވިދާޅުވީ، އާ އާންމު ހާލަތުގައި ގިނަ މީހުން އާއިލާއާއެކު ގޭގައި ގިނަ ވަގުތު ހޭދަކުރާއިރު، ކޮކާ ކޯލާގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު އުފާވެރިކަމެއް ގެނެސްދޭ ކަމަށެވެ. އަދި ކޮކާ ކޯލާ އަކީ ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު އެއް ބުއިން ކަމަށް ސިންހާ ވިދާޅުވި އެވެ.
"ކޯކް އެންޑް މީލްސް" ޕްރޮމޯޝަންގެ އިތުރުން ކޮކާ ކޯލާ އިން ވަނީ ދެ ލީޓަރުގެ ކޯކު ފުޅި، ފެންޓާ އަދި ސްޕްރައިޓް ގަތުމުން ހިލޭ ބިއްލޫރި ތަށި ލިބޭ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. އެ ޕްރޮމޯޝަން މާޗު މަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު