ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށާއި ބައެއް ރަށްތަކަށް މިރޭ އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާގެ ފޯކާސްޓަރު "ވަން" އަށް ވިދާޅުވީ މިސަރަހައްދުގައި އުފެދިފައިވާ ތޫފާން "ބުރެވި"ގެ ސަބަބުން ރާއްޖެއަށް މޫސުން ގޯސްވެ ވައިގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ވަގުތު ބ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅާ ދެމެދުގެ ބައެއް ރަށްތަކަށް އުދައެރުން ވެސް އެކަށީގެންވާ ކަމަށެވެ.
ޖުމްލަކޮށް މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ބެލެވޭއިރު ވައިޖެހޭނެ ކަމަށް ބެލެވެނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ތޫފާން "ބުރެވި"ގެ މިސްރާބު މިހާރު ހުރީ އިންޑިއާއާ ދިމާލަށެވެ. ހއ. ކެލާއިން ފެށިގެން 760 ކިލޯމީޓަރު ދުރުން އުފެދިފައިވާ ތޫފާން ދަތުރުކުރަމުން ދަނީ ކުރިޔަށްވުރެން ލަސް މިނެއްގަ އެވެ. އަދި ތޫފާން އިންޑިއާ ހުރަސްކޮށް ދެން ދަތުރުކުރާނެ ކަމަށް ބެލެވެނީ އަރަބި ކަނޑަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު