ބައިސްކަލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބައިކް މޯލްޑިވްސް) ހިންގާ ކޮމިޓީ އިންތިހާބު ކުރުން އަންނަ މަހުގެ ތިންވަނަ ދުވަހަށް ތާވަލު ކޮށްފިއެވެ.
ބައިކް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ މިހާރު ހިނގަމުން އަންނަ ދައުރު އަންނަ މަހުގެ 20 އަށް ހަމަވާނެއެވެ. ބައިކް މޯލްޑިވްސް އިން ބުނީ، އަންނަ މަހުގެ ތިންވަނަ ދުވަހަށް އިންތިހާބު ތާވަލު ކޮށްފައިވާއިރު މަގާމުތަކަށް ކުރިމަތިލުމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ކުރިމަތިލާން ހުޅުވާލާފައިވާ މަގާމުތައް
ޗެއާމަން
ތިން ވައިސް ޗެއާމަން
ހަޒާންދާރު
ހަތަރު މެމްބަރުން
ބައިކް މޯލްޑިވްސްގެ އިންތިހާބުގައި ވޯޓު ލެވޭނީ އަހަރީ އާންމު ޖަލްސާގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މެންބަރުންނަށެވެ.
ބައިކް މޯލްޑިވްސް އިން ބުނީ، މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ ބޭފުޅުން މިމަހުގެ 29 ވާ އާދިއްތަ ދުވަހުގެ މެންދުރު 3:00ގެ ކުރިން މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ބައިކް މޯލްޑިވްސްއަށް ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް 7962287 ގުޅުމަށް އެ ޖަމިއްޔައިން އެދެ އެވެ.
މަގާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމް ބައިކް މޯލްޑިވްސް މައި އޮފީހުގެ އިތުރުން އޮންލައިންކޮށް، ވެބްސައިޓް މެދުވެރިކޮށް ވެސް ލިބޭނެ އެވެ.
ބައިކް މޯލްޑިވްސް އަކީ ރާއްޖޭގައި ސައިކްލިންގެ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ޖަމިއްޔާއެކެވެ. އެކިއެކި ގައުމުތަކުގެ ޓުއާތަކަށް ވެސް އެ އެސޯސިއޭޝަންގެ މެމްބަރުން ދަތުރުކޮށްފައިވާއިރު، ބައިކް މޯލްޑިވްސްގެ ހަރަކާތްތައް އަބަދު ވެސް ފެންނަނީ ކާމިޔާބުކޮށެވެ. ހާއްސަކޮށް ބައިކް މޯލްޑިވްސްއަކީ ރާއްޖޭގެ ސައިކްލިން އަށް އިންގިލާބެއް ގެނައި ހިންގުންތެރި ބައެކެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު