އަންނަ އަހަރުގެ މެއި/ ޖޫންގައި އޮންނަ އޯ ލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައި، ފޯމް ދޫކުރަން ފަށައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ) އިން ކުރި އިއުލާނެއްގައި ބުނީ، 2021 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖައްސާފައިވާ ކެމްބްރިޖް އޯލެވެލް އިމްތިހާނުގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން މިއަދުން ފެށިގެން މިމަހުގެ 23 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

ފޯމު ދޫކުރުމާއި ފޯމު ޗެކްކުރުން އަދި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރު 1:30 އަށް ޑީޕީއީގެ ކައުންޓަރުންނެވެ. އަދި ފޯމު ހުށަހަޅާއިރު އައިޑީ ކާޑުގެ އަސްލާއި ކޮޕީއެއް ގެންދަންޖެހޭއިރު

ފޯމާއި ފައިސާ ބަލައިގަންނާނީ ހަމައެކަނި ޑިޕާޓްމަންޓުގެ ކައުންޓަރުންނެވެ.

އިމްތިހާނުގައި ބައިވެރިވުމަށް އެދޭ ފޯމު ޑިޕާޓްމަންޓުގެ ވެބްސައިޓު، www.dpe.edu.mv އިން ލިބޭނެ އެވެ.

ކޮވިޑް-19ގެ ސަބަބުން މިއަހަރު ނޮވެމްބަރު/ ޑިސެމްބަރުގައި ބާއްވަން ހަމަޖެހިފައި އޮތް އޯލެވެލް އިމްތިހާނު ފަސްކޮށްފައިވާއިރު ކޮވިޑާ ގުޅިގެން ފަސްކުރި މިއަހަރުގެ ޖީސީއީ އޯލެވެލް އިމްތިހާނު ވެސް އަންނަ އަހަރުގެ މެއި/ ޖޫންގައި ބާއްވަން އެޑިއުކޭޝަން މިނިސްޓްރީން ދަނީ މަޝްވަރާ ކުރަމުންނެވެ.