މާލޭ އިރު ދެކުނު ފަރާތުގައި ހަދާފައިވާ ސްވިމިން ޓްރެކުގައި ޑައިވިން ޕްލެޓްފޯމެއް ހަދާނެ ބަޔަކު ހޯދަން ސްވިމިން އެސޯސިއޭޝަނުން އިއުލާނުކޮށްފި އެވެ.
ސްވިމިން އެސޯސިއޭޝަނުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ، އެކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށާއި އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 19 އަދި 20 ގައި އެ އެސޯސިއޭޝަންގައި ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ. ބީލަން ހުށަހެޅޭނީ އެ މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
އެ މަސަތްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.
އިއުލާނުގައި އިތުރަށް ބުނީ، ސައިޓް ބަލަން ބޭނުންވާ ފަރާތްތަކަށް މި މަހު 24 ވާ ހޮނިހިރު ދުވަހުގެ 11:00 ގައި އެފުރުސަތު ލިބޭނެ ކަމަށެވެ. އަދި ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20،000 ރުފިޔާ ހުށަހަޅަން ޖެހޭއިރު ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 27 ވަނަ ދުވަހު ކަމަށް ބުނެފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު