ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ ފަސްމީރުގެ ބާވަތްތައް މިފްކޯއިން ޑެލިވާކޮށްދޭން ފަށައިފިއެވެ.

ފަސްމީރުން ކޮށްފައިވާ ޓުވީޓެއް ރީޓްވީޓުކޮށް، މިފްކޯއިން ބުނެފައިވަނީ ފަސްމީރުގެ ބާވަތްތައް މާލެ، ހުޅުމާލެ އަދި ކަނޑު އުޅަނދުތަކަށް ޑެލިވަރީކޮށްދޭން ފަށާފައިވާ ކަމަށެވެ.

ޑެލިވަރީގެ ހިދުމަތް ދޭނީ މިފްކޯގެ ފިހާރަ ހުޅުވާފައި ހުންނަ ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރުފަހު 3:00ގެ ނިޔަލަށެވެ. އަދި ދުވަހުން ދުވަހަށް ޑެލިވާކުރަން ބޭނުންނަމަ އެ ދުވަހެއްގެ މެންދުރުފަހު 2:00ގެ ކުރިން އޯޑަރު ކުރުން އެދޭ ކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯއިން ޑެލިވަރީކޮށްދޭނީ ގަންނަ ތަކެތި 200 ރުފިޔާއަށް ވުރެ މަދު ނުވާނަމައެވެ. އަދި މިފްކޯއިން ނަގުދު ފައިސާގެ އިތުރުން އޮންލައިން ޕޭމަންޓްވެސް ބަލައިގަންނާނެ ކަމަށް މިފްކޯއިން ބުނެއެވެ.

ފަސްމީރުގެ ބާވަތްތައް މާލެއަށް ޑެލިވަރީ ކުރަން ބޭނުންނަމަ 3335533 އަދި ހުޅުމާލެއިން ނަމަ 3351002 ނަންބަރު ފޯނަށް ގުޅުމަށް މިފްކޯއިން އެދެއެވެ.