ފިނިކުރި ކުކުޅާއި، ކުކުޅުގެ ބައިތަކާއި، ފިނިކުރި އިތުރު އައިޓަމްސް ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ ކުކުޅު ފިހާރަ އިން ކުކުޅުގެ ބާވަތްތަކުން "ކަރީ ކަޓް" ތައާރަފު ކޮށްފި އެވެ.

ކުކުޅު ފިހާރައިގެ މާކެޓިން މެނޭޖަރު މުހައްމަދު ނަޝާތު ވިދާޅުވީ، އެ ފިހާރައިން ވިއްކާ ކުކުޅު ކޮށައިފައި (ކަރީ ކަޓް) އެކި ސައިޒުތަކުން ހޯލްސޭލް އަދި ރީޓެއިލް ކޮށް މިއަދުން ފެށިގެން ލިބޭނެ ކަމަށާއި ބޭނުމަކީ ގޭބިސީތަކަށް އަދި ވިޔަފާރިވެރިންނަށް އިތުރު ފަސޭހައެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި ކަސްޓަމަރުން ބޭނުންވާ ސައިޒަކަށް ކުކުޅު ކޮށައިދޭނެ ކަމަށްވެސް ނަޝާތު ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން މި ތައާރަފު ކުރީ ފްރޯޒަން ހުރިހާ ބާވަތެއްގެ ކަރީ ކަޓް، ކަސްޓަމަރު ބޭނުން ވާ ސައިޒްތަކުން ކޮށައި ޕެކްވެސް ކޮށްދޭނެ. ދެން ހޯލްސޭލަރުންނާއި ރީޓެއިލަރުންނަށްވެސް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ. އެއީ ވިޔަފާރިވެރިންގެ ވަގުތު ވަރަށް ބޮޑަށް ސަލާމަތްވެގެންދާނެ. ކުކުޅު ކޮށައިގެން ވިއްކުމަށް ކުދި ވިޔަފާރިތަކުން ދެން އިތުރަށް ފައިސާ ހަރަދުކުރާކަށް ނުޖެހޭނެ" ނަޝާތު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝާތު ވިދާޅުވީ، ވިޔަފާރިވެރިން ބޭނުންވާ ފިނިކުރި ބާވަތްތައް އެކި ސައިޒުތަކުން ބަންދުކޮށް ލިބޭނެ ގޮތްވުމުން ފިހާރައިގެ ޑީފްރިޒަރުތަކުގެ ޖާގަ ސަލާމަތްވެ ކަސްޓަމަރުންގެ ވަގުތާއި ފިހާރައިގައި މަސައްކަތް ކުރާ މީހުންނަށްވެސް އެތައް ލުޔެއް ލިބޭނެ ކަމަށެވެ.

ނަޝާދު ވިދާޅުވީ، ކަރީ ކަޓް 800 ގްރާމް އިން ފެށިގެން 1400 ގްރާމާއި ހަމަޔަށް ކުކުޅު ފިހާރައިން ލިބޭނެ ކަމަށާއި އެއީ ރާއްޖޭގެ އެންމެ އަގުހެޔޮ ރޭޓް ކަމަށެވެ.

"ކުކުޅު ފިހާރަ"ގެ ތިން ތަން ހުރެ އެވެ. ކުކުޅު ފިހާރަ 1 ހުޅުމާލޭގައި ހުންނަ އިރު ކުކުޅު ފިހާރަ 2 ހުންނަނީ މާފަންނު އޭއެމްޑީސީ ސަރަހައްދުގަ އެވެ. އަދި ކުކުޅު ފިހާރަ 3 ހުންނަނީ ހެންވޭރު ކަލާފާނު ހިނގުމުގަ އެވެ. ކުކުޅު ފިހާރަ 3 އެއީ މިވަގުތު ރާއްޖޭގައި ހުރި އެންމެ އަގުހެޔޮ އީ-ޝޮޕިން މޯލެވެ އެގޮތުން މި ޝޮޕިން މޯލުގެ ހިދުމަތް މުޅި ރާއްޖެއަށް ލިބެއެވެ.

ކުކުޅު ފިހާރައިގެ ވެބްސައިޓް، މެދުވެރިކޮށް ހޯލްސޭލްކުރަންވެސް ފަށައިފައިވާއިރު،. ވެބްސައިޓު މެދުވެރިކޮށް ހޯލްސޭލްކުރާ ކަސްޓަމަރުންނަށް ޑެލިވަރީގެ ހިދުމަތް ވެސް ކުކުޅު ފިހާރައިން ހިލޭ ފޯރުކޮށްދޭނެ އެވެ. އެގޮތުން، ވެބްސައިޓުން ތަކެތި ގަތުމަށްފަހު ޑެލިވަރީ ކޮށްދޭން ޖެހޭ ބޯޓާއި ބޯޓު ފުރާ ވަގުތު ޖެހުމުން އެ ބޯޓަކަށް ޑެލިވަރީ ކޮށްދޭނެ އެވެ. 500ރ. އިން މަތީގެ ވިޔަފާރި ކުރާ ރީޓެއިލް ކަސްޓަމަރުންނަށް ވެސް ބޭނުންވާ ބޯޓަކަށް ޑެލިވަރީ ކޮށްދޭނެ އެވެ.

ކުކުޅު ފިހާރައިން ބުނީ އެތަނުގެ އެންމެ ބޮޑު އަމާޒަކީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހެޔޮ އަގެއްގައި ފިނިކުރި ތަކެތި ތާޒާކަމާއެކު ފޯރުކޮށްދިނުން ކަމަށެވެ. ކަސްޓަމަރުންނަށް އަމާޒުކޮށްގެން އެތަނުން އެކިއެކި ޕްރޮމޯޝަންތައް ކުރިޔަށް ގެންދާއިރު މިދިޔަ މޭ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ފޭސްބުކްގައި ކުކުޅު ފިހާރަ އީ-މޯލް އިން އަންނަނީ ހާއްސަ ޕްރޮމޯޝަނެއް ކުރިޔަށް ގެންދަމުންނެވެ. އެގޮތުން އެ ފިހާރައިގެ ޕޭޖުގައިވާ "ޝެއާ އެންޑް ވިން" ޕޯސްޓު ލައިކް ކުރުމަށް ފަހު، އެ ޕޯސްޓު ޝެއާކޮށް، ރައްޓެއްސަކު ޓެގް ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

ކުކުޅު ފިހާރައާ ބެހޭ އިތުރު މައުލޫމާތު ހޯއްދެއްވުމަށް 9986575 ގުޅުމުން އެމައުލޫމާތު ލިބޭނެ ކަމަށް އެ ފިހާރައިން ބުނެއެވެ.