ފުރައްސާރަ ކުރުމާއި ގީބަ ބުނުމާއި ދޮގު ހެދުމުގެ ނުބައި ސިފަތަކުން މުޖުތަމައު ތޯހިރު ކޮށްފިނަމަ، މި މުޖުތަމައު ވެގެންދާނީ އިހުތިރާމް އަދާކުރުމުގެ ލާމަސީލު މިސާލަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއު އިފްތިތާހުކޮށްދެއްވައި ރައީސް ވިދާޅުވީ ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާ އިރު، އެކަކު އަނެކަކަށް އިހުތިރާމް އަދާކުރާ އަދި އެކަކު އަނެކަކަށް ލެޔާއި މުދަލާއި އަބުރު ރައްކާތެރި ކުރާ ބަޔަކަށް ވާންޖެހޭ ކަމަށެވެ.
"އެކަކު އަނެއްކަކަށް ފުރައްސާރަ ކުރުމާއި ގީބަ ބުނުމާއި ދޮގު ހެދުމުގެ ނުބައި ސިފަތަކުން މުޖުތަމައު ތޯހިރު ކޮށްފިނަމަ، މި މުޖުތަމައު ވެގެންދާނީ އެކަކު އަނެކަކަށް އިހުތިރާމް އަދާކުރުމުގެ ލާމަސީލު މިސާލަކަށް،" ރައީސް ވިދާޅުވިއެވެ.
ދިވެހީންގެ އިސްލާމްވަންތަކަމާއި ދިވެހިވަންތަކަމުގެ ރޫހަކީ އިހުތިރާމް ކުރުމާއި އެކަކު އަނެކަކަށް ގަދަރު ކުރުންކަން އަބަދުވެސް ހަނދާން ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއްވެސް މީހެއްގެ ކަރާމަތާއި ގަދަރަށް ކުޑަވެސް އުނިކަމެއް އަންނާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ. އަދި މީހުންނަށް އިހާނާތްތެރިކޮށް ހިތުމާއި މަލާމާތް ކުރުމާއި ނުރުހޭ ވަންނަންތައް ކިޔުމާއި ދަށްކޮށްލުން ފަދަ ކަންކަމުން ދުރުވާން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ގީބަ ބުނުމާއި އާޑަ ފުރައްސާރަ ކުރުމުގެ ނުބައި އަމަލާ ކައިރި ނުވުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް