މަޝްހޫރު ލިޔުންތެރިޔާ، ޢަބްދުﷲ ފާރޫޤު ޙަސަން ލިޔުއްވާފައިވާ "ޢުމަރު ޘާނީ: ޢުމަރު ބިން ޢަބްދިލްޢަޒީޒު" ފޮތް ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ.
މި ފޮތަކީ އިސްލާމީ އުންމަތުގެ އެންމެ ފުރަތަމަ މުޖައްދިދު އަމީރުލް މުއުމިނީން ޢުމަރު ބިން ޢަބުދުލް ޢަޒީޒް ރަޙިމަހުﷲ އިސްލާމީ އުންމަތުގެ ޤިޔާދަތާ ހަވާލުވެވަޑައިގެންނެވި އިރު އުންމަތް އޮތް ހާލަތުގެ ވާހަކައެވެ.
އުންމަތް އަލުން ހަމަ މަގަށް އަޅުއްވައި ފިކުރީ ގޮތުންނާއި ސިޔާސީ ގޮތުންނާއި އިގުތިސޯދީ ގޮތުންނާއި އަދި އެނޫންވެސް ގޮތްގޮތުން އެ ދައުލަތުގެ މިސްރާބު ސީދާކުރައްވާން އަމީރުލް މުއުމިނީން ޢުމަރު ބިން ޢަބުދުލް ޢަޒީޒް ރަޙިމަހުﷲ ކުރެއްވި ހިދުމަތްތަކުގެ ވާހަކައެވެ. އެ މަސައްކަތްޕުޅުގައި ފުރާނަފުޅުން ގުރުބާންވެވަޑައިގެންނެވި ގޮތުގެ މައްޗަށް އެކުލެވޭ ފޮތެކެވެ.
މިއީ ލޮބުވެތި ނަބިއްޔާ އާއި އަލްޚުލަފާއުއް ރާޝިދޫން ބިނާކުރެއްވި އިސްލާމީ ޖުމްހޫރިއްޔަތާއި އުމަވީން އެނިޒާމު ބަދަލު ކޮށްލި ގޮތާއި އިސްލާމީ އެންމެ ފުރަތަމަ ޤަރްނުގެ މުޖައްދިދު އިސްލާމްދީނާއި އިސްލާމީ ދައުލަތް އިސްލާހުކުރައްވާން ކުރެއްވި މަސްކަތްޕުޅަށް އަލިއަޅުވައިލައި ޢިލްމީ އަދަބީ ފެންވަރެއްގައި މިހާތަނަށް ދިވެހިބަހުން ޝާއިޢު ކުރެވުނު އެންމެ ތަފްސީލު ފޮތެވެ.
މި ފޮތާ ގުޅޭ ގޮތުން ޢަބުދުﷲ ފާރޫޤު ޙަސަން "ވަން" އަށް މިއަދު ވިދާޅުވީ މި ފޮތުގެ މަސައްކަތަކީ ވަރަށް ކުރީއްސުރެ ފެށިގެން ކުރައްވަމުން ގެންދެވި މަސައްކަތެއް ކަމަށެވެ. އެންމެ ފުރަތަމަ މި ފޮތުގެ މަސައްކަތް ނިންމަވާފައިވަނީ 2017 ވަނަ އަހަރު ކަމަށް ފާރޫޤް ވިދާޅުވިއެވެ.
އޭގެ ފަހުން 2018 ވަނަ އަހަރު ވެސް ފޮތް ރިވިއުކޮށް ފާސްކޮށްފައިވާ ކަމަށާއި އަދި އޭގެ ފަހުންވެސް މިފޮތް ރިވިއުކޮށް ފާސްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ފާރޫޤް ވިދާޅުވިގޮތުގައި، މި ފޮތަކީ އެކި ދިރާސާތަކާއި ކުރީގެ ލިޔުންތަކުގެ އަލީގައި ލިޔުއްވާފައިވާ ފޮތެކެވެ.
މި ފޮތް އަޝްރަފީ ބުކްޝޮޕާއި ރާދަ ބުކްޝޮޕުން މިހާރު ލިބެން ހުންނާނެއެވެ.
މާލެ
އިސްލާމީ ތާރީޚު
ސިވިލް ކޯޓް
އިންސްޓަގްރާމް
ކޮމެންޓް