ކައްކައި ނިމުމަށްފަހު ގިނަ ބަޔަކު އުކާލާ އެލްމިނިއަމް ފޮއިލް ބޭނުންކޮށްގެން، އިސްކުރުތަކުގައި ހަރުލާފައި ހުންނަ ފެނުގެ ލަކުނުތައް ފަސޭހަކަމާއެކު ފިލުވާލެވިދާނެ ކަމަށް ސާފުކުރުމުގެ ދާއިރާގެ ތަޖުރިބާކާރުން ބުނެފިއެވެ.
ގޭތެރެ ސާފުކުރުމާ ބެހޭގޮތުން ލަފާދޭ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ފެނުގެ ސަބަބުން އިސްކުރުގެ ބުޑުގައި ހަރުލާފައި ހުންނަ ހުދު ކުލައިގެ ލަކުނުތަކަކީ އާންމުކޮށް ފިލުވަން އުނދަގޫ އެއްޗެކެވެ. ނަމަވެސް، އެލްމިނިއަމް ފޮއިލްކޮޅެއް ބޮނޑިކޮށްލުމަށްފަހު އެއިން އުނގުޅުމުން، މަޑު އުނގުޅާ އެއްޗެއްގެ ގޮތުގައި މަސައްކަތްކޮށް، އިސްކުރުގައި ހުންނަ ލަކުނުތައް ފިލުވައިދެއެވެ.
މި ގޮތަށް ސާފުކުރުމަށް އެންމެ ރަނގަޅީ ދަގަނޑު ނުވަތަ ސްޓެއިންލެސް ސްޓީލް ފަދަ ތަކެތިން ހަދާފައި ހުންނަ އިސްކުރުތަކެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި، މި މަސައްކަތް އިތުރަށް ފުރިހަމަކުރުމަށްޓަކައި ފޮއިލްކޮޅު ވިނެގާއަށް ލުމަށްފަހު އުނގުޅުމުން ނަތީޖާ މާ ރަނގަޅުވާނެއެވެ. ވިނެގާގައި ހުންނަ އެސިޑްގެ ބާރުންނާއި ފޮއިލްގެ ސަބަބުން އުފެދޭ ކެމިކަލް ރިއެކްޝަންގެ ސަބަބުން، އިސްކުރުގައި ހަރުލާފައި ހުންނަ މާއްދާތައް ފަސޭހައިން ނެއްޓިގެންދެއެވެ.
އިސްކުރު ސާފުކުރަމުންދާ ވަރަކަށް ފޮއިލްކޮޅުގެ ކުލަ އަނދިރިވަމުންދާނެ ކަމަށާއި، އެއީ އިސްކުރުގައި ހުރި ހަޑިތައް ފޮއިލްގައި ހަރުލަމުންދާތީ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
މިއީ ގޭގައި ގެންގުޅޭ އާދައިގެ ތަކެތި ބޭނުންކޮށްގެން، އިތުރު ހަރަދަކާ ނުލައި އަދި ކުނި މަދު ގޮތަކަށް އިސްކުރުތައް ސާފުކޮށްލުމަށް ބޭނުންކުރެވިދާނެ ވަރަށް ފަސޭހަ އުކުޅެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.
ރައީސް މުހައްމަދު ނަޝީދު
އިނގިރޭސިވިލާތް
ހޯމް ކެއަރ
ކޮމެންޓް