ނާސާއިން ހަނދަށް ފޮނުވި އުޅަނދުގެ ނަރުދަމާ މައްސަލަ ޖެހިއްޖެއެވެ.
ހަތަރު އެސްޓްރަނޯޓުންނާއެކު މިދިޔަ ބުދަ ދުވަހު ނާސާއިން ހަނދަށް ފޮނުވި ޖައްވީ އުޅަނދު ހަނދާ ގާތަށް ދަތުރުކުރަމުން އަންނަ އިރު އެއުޅަނދުގެ ފާހަނާގައި މައްސަލައެއް ދިމާވެފައިވާކަމަށް ނާސާއިން ބުނެއެވެ.
އެންމެ ފަހުގެ ޓެކްނޮލޮޖީ ގާއިމްކޮށް އުފައްދާފައިވާ އެއުޅަނދު ޖައްވުގައި ދަތުރުކުރާތާ 10 ދުވަސް ވެފައިވާއިރު ނާސާއިން ނެރުނު ބަޔާނެއްގައި ވަނީ އުޅަނދުގެ ފެން ބޭރުކުރާ ބައިގައި މައްސަލަ ޖެހި ބްލޮކްވެފައިވާ ކަމަށް ބުނެފައެވެ.
ނާސާއިން ވަނީ މައްސަލަ ޖެހުމުގެ ސަބަބުން މިހާރު އެސްޓްރަނޯޓުން ބޭނުން ކުރަނީ އިމަޖެންސީގައި ބޭނުންކުރަން ޖެހޭ ހާއްސަ ޕްލާސްޓިކް ކޮންޓޭނަރެއް ކަމަށާއި އެކޮންޓޭނަރު ބޭނުންކޮށްގެން އެސްޓްރަނޯޓުން ފާހަނާ ބޭނުން ކުރާ ކަމަށެވެ.
ނަސާއިން ވަނީ ފާހަނާގައި ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް އުޅަނދުގައި ތިބި އެސްޓްރަނޯޓުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ހައްލުކުރެވޭނެ މައްސަލައެއް ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައެވެ.
50 އަަހަރު ފަހުން ހަނދަށް އިންސާނުން ފޮނުވުމަށް ފަށާފައިވާ ދަތުރުގެ ދިގުމިނުގައި 10 ދުވަސް ހޭދަ ވާނެއެވެ. އަދި ދަތުރުގައި ބައިވެރިވާ އެސްޓްރަނައުޓުން މީގެ ކުރިން އިންސާނުން ޖައްވުގައި ދަތުރު ނުކުރާ ދުރުމިނަކަށް ދަތުރުކުރާނެ ކަމަށް ނާސާއިން ބުނެއެވެ.
ދަ އާޓެމިސް 2 ނަމުން ނަންދީފައިވާ އެމިޝަންގައި ހަތަރު އެސްޓްރަނައުޓުން ބައިވެރިވެއެވެ. އެ ހަތަރު އެސްޓްރަނައުޓުން ދުނިޔެއާ 244،000 މޭލު ދުރަށް އަދި ހަނދުގެ ދުރުފަޅިއަށް ވުރެ 5000 މޭލު ދުރަށް ދަތުރުކުރާނެއެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް