ނޭޕާލްގައި މަސައްކަތް ކުރާ ދުވަސް މަދުކޮށްފިއެވެ.
މެދުއިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ގައުމުތަކަށް ލިބެމުން އަންނަ ގެއްލުން ކުޑަކުރުމަށް ފިޔަވަޅުތައް އަޅަން ފަށާފައިވާއިރު ނޭޕާލުން ވެސް ވަނީ ފިޔަވަޅުތައް ވަރުގަދަކުރަން ފަށައިފައެވެ.
ނޭޕާލްގެ ކެބިނެޓުން އިއްޔެ ބޭއްވި ކުއްލި ބައްދަލުވުމެއްގައި ވަނީ އެގައުމުގައި މަސައްކަތް ކުރާ ދުވަސް ހަ ދުވަހުން ފަސް ދުވަހަށް ކުޑަކުރުމަށް ނިންމައި އެކަން އިއުލާންކޮށްފައެވެ.
އެގޮތުން ނޭޕާލްގެ ސަރުކާރު އޮފީސްތަކާއި ތައުލީމުދޭ ތަންތަނަށް އާދިއްތަ ދުވަހަކީ ވެސް ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ. މީގެ ކުރިން ނޭޕާލްގެ ސިވިލް ސާވިސް ގަވާއިދަށް އަމަލުކުރާ އޮފީސްތަކަށް ބަންދުވަނީ ހޮނިހިރު ދުވަސް އެކަންޏެވެ.
ކެބިނެޓުން ނިންމި ނިންމުމާއެކު ހޯމަ އިން ހުކުރަށް ހެނދުނު ނުވަ އަކުން ހަވީރު ފަހަކަށް މަސައްކަތް ކުރާގޮތައް ނޭޕާލުން ނިންމައި ފިޔަވަޅުއަޅާފައިވާ އިރު އެގައުމަށް ހަނގުރާމައިގެ ސަބަބުން ލިބޭނެ ގެއްލުން ކުޑަކުރުމަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެެވެ.
އޮފިޝަލުން ވަނީ ނޭޕާލްގައި ދުއްވާ އުޅަނދުތައްވެސް އިލެކްޓްރިކް އުޅަނދުތަކަށް ބަދަލުކުރުމަށް ގަވާއިދެއް ހުށަހެޅުމަށްވެސް ނިންމާފައިވާކަމަށް ބުނެފައެވެ.
30 މިލިއަން އާބާދީއެއް އޮންނަ ނޭޕާލްއިން އިންޑިއާ ތެލަށް ބަރޯސާވެފައިވާއިރު އެގައުމަށް ވަނީ ތެޔޮ ލިބުން ދަތިވެ އަގުބޮޑުކޮށް ގަންނަން ޖެހިފައެވެ.
މުހައްމަދު އައުޒަމް
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު