ހަނދަށް އިންސާނުން ފޮނުވާ މިޝަންގެ ދަތުރު ފަށައިފިއެވެ.
ނާސާއިން ހަނދަށް އިންސާނުން ފޮނުވާ މިޝަންގައި ބޭނުންކުރާ ރޮކެޓު ރޭގެ ވަގުތެއްގައި ވަނީ އުދުއްސާލާފައެވެ.
50 އަަހަރު ފަހުން ހަނދަށް އިންސާނުން ފޮނުވުމަށް ފަށާފައިވާ ދަތުރުގެ ދިގު މިނުގައި 10 ދުވަސް ހޭދަ ވާނެއެވެ. އަދި ދަތުރުގައި ބައިވެރިވާ އެސްޓްރަނައުޓުން މީގެ ކުރިން އިންސާނުން ޖައްވުގައި ދަތުރު ނުކުރާ ދުރުމިނަކަށް ދަތުރުކުރާނެ ކަމަށް ނާސާއިން ބުނެއެވެ.
ދަ އާޓެމިސް 2 ނަމުން ނަންދީފައިވާ އެމިޝަންގައި ހަތަރު އެސްޓްރަނައުޓުން ބައިވެރިވެއެވެ. އެ ހަތަރު އެސްޓްރަނައުޓުން ދުނިޔެއާ 244،000 މޭލު ދުރަށް އަދި ހަނދުގެ ދުރުފަޅިއަށް ވުރެ 5000 މޭލު ދުރަށް ދަތުރުކުރާނެއެވެ.
ނާސާއިން ވަނީ މި ދަތުރުގައި އެސްޓްރަނައުޓުން ދަތުރުކުރާ އުޅަނދު ހަނދުގައި ނުޖައްސާނެ ކަމަށާއި ނަމަވެސް އުޅަނދު ކުރިޔަށް ހުރި މިޝަން ތަކުގައި ހަނދަށް ޖައްސަން ބޭނުންވާ މައުލޫމާތު އެއްކުރާނެ ކަމަށް ބުނެފައިވެއެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް