ގައުމީ މިންގަނޑުތައް އެކުލަވާލުމަށްޓަކައި ދިވެހިންގެ ސަގާފީ މަސައްކަތްތަކާ ގުޅޭ 8 ސަގާފީ އޮކިއުޕޭޝަނަލް ކޮންސިސްޓަންސީ ސްޓޭންޑަޑްތައް އެކުލަވާލުމުގެ މަސައްކަތްތައް ކުރިޔަށްގެންދާ ކަމަށް ހަޔާއެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރުވަނީ މި އަހަރު އެ މިނިސްޓްރީން ކުރިޔަށް ރޭވިފައިވާ ޕްރޮގްރާމްތަކާއި ކުރިޔަށްގެންދާ މަސައްކަތްތަކަށް ފާހަގަކޮށްދެއްވާފައެވެ.

ސަގާފީ މަސައްކަތާގުޅޭ 8 ދާއިރާއަކުން ސެޓްފިކެޓް ލެވެލް 3 އެކުލަވާލަން ނިންމާފައިވާ ދާއިރާތައް:

  • ފޭލިވިއުމުގެ ގައުމީ ސެޓްފިކެޓް.
  • ކަސަބު ގަތުމުގެ ގައުމީ ސެޓްފިކޭޓް
  • ތުނޑުކުނާ ވިއުމުގެ ގައުމީ ސެޓްފިކޭޓް
  • ތިލޭރުކަމުގެ ގައުމީ ސެޓްފިކޭޓް
  • މާވަޑިކަމުގެ ގައުމީ ސެޓްފިކެޓް
  • ކުނާ އާއި ކުރުމަޑި އަދި ސަޓާ ފަދަ ސަގާފީ ތަކެތި ވިއުމުގެ ގައުމީ ސެޓްފިކޭޓް.
  • ސާންތި ވިއުމުގެ ގައުމީ ސެޓްފިކޭޓް
  • ލިޔެލާޖެހުމުގެ ގައުމީ ސެޓްފިކޭޓް
4 މާޗް 2026: ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔާއެޑިއުކޭޝަން މިނިސްޓަރު ޑރ. ހައިދަރު އަލީ އަހުމަދު --- ފޮޓޯ/ ރައީސް އޮފީސް

"މިއިން ކޮންމެ ސެޓްފިކެޓަކީވެސް ލެވެލް 3 ދަރަޖައިގެ ސްޓޭންޓްތަކެއްގައި ދެވޭ ސެޓްފިކޭޓްތަކެއް. ދެން ހަމަ އެއާއެކީގައި، އެމްއެންއެސްޖީއޭއިން ޓެކްނިކަލް ޕެނަލް އަދި ސެކްޓާ ކައުންސިލު މެންބަރުން ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާގެ އެލަވަންސްއެއް ދެއްވުމަށް ރައީސް ނިންމަވާފައި." މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން އެމްއެންއެސްޕީއޭގެ ފުރަތަމަ އެޑްވައިސަރީ ކޮމީޓީގެ ފުރަތަމަ ޑްރާފްޓް ނިމިފައިވާ ކަމަށް ހައިދަރު ފާހަގަ ކުރެއްވި އެވެ.

މިއަހަރު ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ބައެއް ކަންކަން:

  • ރާއްޖޭގައި ޓިވެޓް ސިޔާސަތެއް ފާސްކުރުން.
  • ސޭލްސް ސްޓޭންޑާޑްގެ އެހީގައި 88 އާ ސްޓޭންޑާޑްސްތައް އެކުލަވާލުމަށް ސްކިލްސް ޕޯޓަލްއެއް އެކުލަވާމުގެ މަސައްކަތް.
  • އެސެސަރުން ތަމްރީނުކުރުން.
  • ބްލެންޓަޑް ޓީވެޓް ސިޔާސަތް، ޓީވެޓް ޓީޗަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް.

"މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން އޮތޯރިޓީއަށް ބަލާލާއިރު މިހާރު އެންމެ ބޮޑަށް ކުރެވެމުންދާ މަސައްކަތަކީ ހިދުމަތްތައް ތަރައްގީކޮށް ޖިޑިޓަލް ކުރުމުގެ މަސައްކަތްުގައި މިހާރު ވޯލްޑް ބޭންކުގެ އެހީލިބޭގޮތަށް އޮތީ ހަމަޖެހިފައި." ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެެވެ.