އަންގާރަ ދުވަހުގެ ހަނދުކޭތަ ވީއްލުމުގެ ކުރިން ރާއްޖެއަށް ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކައިފިއެވެ.
އަންނަ އަންގާރަ ދުވަހު ހިފާ ފުރިހަމަ ހަނދުކޭތަ ހިފާ ވަގުތަކީ ރާއްޖެ އަށް ހަނދު ފެންނަ ވަގުތަކަށް ނުވި ނަމަވެސް ކޭތަ ވީއްލާނީ ރާއްޖެއަށް ހަނދު ފެންނަން ފަށާ ފަހުންނެވެ.
އަންގާރަ ދުވަހުގެ ހަނދުކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން 13:44 ހާއިރުން ފެށިގެންނެވެ. އަދި ފުރިހަމަ ހަނދު ކޭތައެއް ހިފާނީ ރާއްޖެ ގަޑިން 16:04 ގައެވެ.
އަންގާރަ ދުވަހު ރާއްޖެ އަށް ހަނދު ފެންނަން ފަށާނީ 18:19 ހާއިރު އެވެ. އެހާއިރު ރާއްޖެ އަށް ހަނދު ފެންނަ އިރު ހުންނާނީ ކޭތަ ވީއްލަން ފަށައިފައެވެ.
ހަނދުކޭތަ އެއްކޮށް ވީއްލާނެ ކަމަށް ބެލެވެނީ ރާއްޖެ ގަޑިން 19:23 ހާއިރުއެވެ.
އަންގާރަ ދުވަހުގެ ހަނދުކޭތަ އަކީ ރާއްޖެ އަށް މިއަހަރު ފެންނާނެ ހަމައެކަނި ކޭތައެވެ. ކޭތަ ކަލަންޑަރުން ބަލާނަމަ ރާއްޖެ އަށް ދެން އެންމެ އަވަހަށް ކޭތައެއް ފެންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ހިފާ ހަނދުކޭތަ އެވެ. އަންނަ އަހަރު އޮގަސްޓު މަހު ދެވަނަ ދުވަހު ހިފާ އިރުކޭތަ ވެސް ރާއްޖެ އަށް ފެންނާނެއެވެ.
މުހައްމަދު އައުޒަމް
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ