ލޭ ލިބުން ދަތިވެ މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) އިން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

އެމްބީއެސް އިން މިއަދު ކުރި ޕޯސްޓެއްގައި ވަނީ ހަ ގްރޫޕެއްގެ ލޭ ލިބުން ދަތިވެ އެހީއަށް އެދިފައެެވެ. އެ ގްރޫޕްތަކަކީ:

  • އޭ ޕޮޒިޓިވް
  • އޯ ޕޮޒިޓިވް
  • ބީ ޕޮޒިޓިވް
  • އޭބީ ޕޮޒިޓިވް
  • ބީ ނެގެޓިވް
  • އޯ ނެގެޓިވް

އެމްބީއެސް އިންވަނީ އުމުރުން 18 އަހަރުފުރި އަދި ބަރުދަނުގައި 45 ކިލޯއަށްވުރެ މަތިން ހުރި، ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8 އިން ރޭގަނޑު 8 އަށް ހުޅުމާލެ ފޭސް 1ގައި ހުންނަ އޮރެންޖު ހިޔާއަށް ގޮސް ލޭ ހަދިޔާކުރުމަށް އެދިފައެވެ.