ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ކަމުގެ މަގާމަށް، ހ. ހުދުފިނިފެންމާގެ ހަސަން ޝާކިރު މުހައއްމަދު މިއަދު އިންތިހާބު ކޮށްފިއެވެ.
އެމަގާމަށް ޝާކިރު އިންތިހާބު ކުރީ، އެ އެކަޑަމީގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި، ޑރ. އަޝްރަފް އަބްދުއްރަހީމް އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ.
މިމަހުގެ 15 ވަނަ ދުވަހު އެކަޑަމީގެ މެންބަރުކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ޝާކިރު އައްޔަން ކުރެއްވީވެސް، މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ޑރ. އަޝްރަޕް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މިއައި ބަދަލާ ގުޅިގެން އެކަޑަމީގެ ނާއިބު ރައީސްގެ ގޮތުގައި އައިވެސްް ހުންނެވީ 2021 ވަނަ އަހަރުން ފެށިގެން އެ މަގާމު އަދާކުރައްވަމުން ގެންދަވާ، ޅ. ކުރެންދޫ ނޫރަންގެ ޒުލްފާ އިބްރާހީމް އެވެ.
ދެން އެ އެކަޑަމީގެ މެންބަރުންގެ ގޮތުގައި ތިއްބެވީ، ގ.ކަލާވެހި އިބްރާހިމް ވަހީދު އާއި ސ. މީދޫ ސައިރިއަސް އިޔާޒު ޖާދުﷲ ނަސީމް އާއި، ހ.ޓްވައިލައިޓްއިން ފާތިމަތު އައްޒާ އެވެ.
އިބްރާހިމް ޒަކީ
ހައުސިން މިނިސްޓްރީ
ކުޅިވަރު
އިރާން
ބޮލީވުޑް