އޭޝިއާގެ ބައެއް ގައުމުތަކުން ނަގާ ޓެރިފް މެކްސިކޯއިން ބޮޑުކުރަން ނިންމައިފިއެވެ.

މެކްސިކޯއިން ވަނީ އެގައުމަށް އެތެރެކުރާ ބޭރުގައުމުތަކުގެ މުދަލުން ނަގާ ޓެރިފަށް ބަދަލުގެންނަން ނިންމައި އެކަން އިއުލާން ކޮށްފައެވެ.

މެކްސިކޯއަށް އޭޝިއާގެ ބައެއް ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ނިންމާފައިވަނީ މިހާރު ނަގަމުން އަންނަ ޓެރިފް ބަދަލުކޮށް 50 ޕަސެންޓް ބޮޑު ކޮށްގެންނެވެ.

ރިޕޯޓުތައް ބުނާގޮތުން މެކްސިކޯއިން ޓެރިފް ބޮޑުކުރުމަށް ނިންމާފައިވާ އޭޝިއާގެ ގައުމުތަކުގެ ތެރޭގައި އިންޑިއާ އާއި ޗައިނާގެ އިތުރުން ތައިލެންޑާއި އިންޑޮނޭޝިއާ ހިމެނެއެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ހަމަޖެހިފައިވާ އެބަދަލުގެ ދަށުން މެކްސިކޯއަށް އެތެރެކުރާ ގިނަ ބާވަތްތަކުގެ މުދަލުން ޓެރިފް ބޮޑުކުރާނެއެވެ.

މެކްސިކޯއިން ޓެރިފް ބޮޑުކުރުމަށް ނިންމާފައިވާއިރު އެމެރިކާއިން ވެސް ވަނީ މީގެ ހަތަރު މަސް ކުރިން އެގައުމަށް އެތެރެކުރާ ބޭރުގައުމުތަކުގެ މުދަލުން ނަގާ ޓެރިފް ބޮޑުކޮށްފައެވެ. އެގޮތުން އިންޑިއާއިން ނަގާ ތެރިފް 50 ޕަސެންޓް ބޮޑުކުރުމަށް އެމެރިކާއިން ނިންމާފައިވެއެވެ.