އެފްރިކާގެ ހުޅަނގުން އޮންނަ ބެނިންގައި ކުރަން އުޅުނު ބަގާވާތް ނާކާމިޔާބުވެއްޖެއެވެ.
ބެނިންގެ ސަރުކާރުން ވަނީ އެގައުމުގެ އާމީގެ ބައެއް ފަރާތްތަކުން ކުރަން މަސައްކަތް ކުރި ބަގާވާތް ނާކާމިޔާބުކޮށްލާފައިވާ ކަމަށާއި އެގައުމުގެ ސިފައިންގެ ތެރެއިން ވަފާތެރި ސިފައިންގެ މަސައްކަތުން އެކަން ނާކާމިޔާބުކޮށްލެވިފައިވާ ކަމަށް ބުނެފައެވެ.
އިއްޔެގެ ވަގުތެއްގައި ބެނިންގެ ސިފައިންގެ ތެރެއިން ބަޔަކު ވަނީ ދައުލަތުގެ ޓީވީ ހިސޯރުކޮށް އާންމުންނަށް ހާއްސަ މެސެޖެއްދީ ބެނިންގެ ރައީސް ޕެޓްރިސް ޓޭލޮން މަގާމުން ދުރުކޮށްފައިވާ ކަމަށް ބުނެފައެވެ.
މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ބީބީސީއިން ވަނީ އެކި ސަރަހައްދުތަކުގައި ބަޑިޖަހާ އަޑު އިވިފައިވާ ކަމަށާއި އެގައުމުގެ ދައުލަތުގެ މީޑިއާގެ ނޫސްވެރިން ހިސޯރުކޮށް އެތަން އެމީހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށް ރިޕޯޓުކޮށްފައެވެ.
ބެނިންގެ ސަރުކާރުގެ ތަރުޖަމާނާ ހަވާލާދީ ނޫސްތަކުން ވަނީ ރައީސް ހުންނެވީ ސަލާމަތުން ރައްކާތެރި ތަނެއްގައި ކަމަށް ބުނެފައެވެ.
ރިޕޯޓުތައް ބުނާގޮތުން ބެނިންގައި ބަގާވާތް ކުރަން މަސައްކަތް ކުރި 14 މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި ގައުމުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް މަގުތަކަށް ސިފައިން ނެރެފައިވާކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު