ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކް މަނާކުރުމުގެ ލިސްޓުގެ ދަށުން މަނާކުރާ އެންމެ ފަހު ބާވަތް ކަމަށްވާ އެއް ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކް ފެންފުޅި މަނާވާ ތާރީހު 2028 އަށް ފަސްކުރަން ސަރުކާރުން ނިންމައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވައި ގެޒެޓުގައި މިއަދު އާންމުކުރި ގަރާރުގައިވާ ގޮތުގައި، އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިމީޓަރުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުންވެސް 2027 ވަނަ އަހަރުގެ ޑިސެމްބަރު އެކަކުން ފެށިގެން މަނާވާނެ ކަމަށެވެ. ނަމަވެސް ބާޒާރަށް ނެރުން މަނާ ވާނީ 1 ޖޫން 2028 އިން ފެށިގެން ކަމަށް އެ ގަރާރުގައިވެއެވެ.
އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިމީޓަރުގެ ޕްލާސްޓިކް ފުޅީގައި ފެން ވިއްކުން މަނާ ކުރަން ފުރަތަމަ ނިންމީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ، އެ ތާރީހު 01 އޯގަސްޓް 2024 އަށް ބަދަލުކުރައްވައިފައެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރު 1 މާޗު 2026 އަށް ވެސް ބަދަލުކުރެއްވިއެވެ. އެހެންކަމުން މިއީ، އެ ތާރީހު ފަސްކުރި ތިންވަނަ ފަހަރެވެ.
ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ، އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓެއް އެކުލަވާލީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ.
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި