މި މަހުގެ 20 ވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއާކޮށް މިހާރު ދައްކަމުން އަންނަ ދިވެހި ފީޗާ ފިލްމު "ލިލީ" ގެ ހައުސްފުލް ޝޯތަކަކާއެކު އަންނަ ހުކުރު ދުވަހުގެ ޝޯއަށް ވެސް ޓިކެޓު ވިއްކަން ފަށައިފިއެވެ.
"ލިލީ" އަކީ މައެއްގެ ނުބައިކަމުން ކުޑަކުއްޖެއްގެ ދިރިއުޅުން ބަދަލުވާގޮތް ދައްކުވައިދޭ ފިލްމެކެވެ. އެ ފިލްމުގައި ގޭތެރޭގައި ކުރާ އަނިޔާއާއި މުޖުތަމައުގެ ތެރެއިން ކުދިންނަށް ލިބޭ އަނިޔާއަށް ވަނީ އަލިއަޅުވާލައިފައެވެ.
މިހާތަނަށް ހައުސްފުލް، އަށް ޝޯއެއް ދައްކާފައިވާ ފިލްމު ސިނަމާގައި ދައްކަން ހަމަޖެހިފައިވަނީ މިމަހުގެ 30 އާ ހަމައަށެވެ. ޓިކެޓު ވިއްކަނީ އޮލިމްޕަސް ސިނަމާއިންނެވެ. މީގެ އިތުރުން 7505079 އަށް ވައިބާ ކޮށްގެންވެސް ޓިކެޓު ނެގޭނެއެވެ. އަދި booklilythemovie.com އަށް ޒިޔާރަތްކޮށްގެން ވެސް ޓިކެޓް ނެގޭނެއެވެ.
ގެވެށި އަނިޔާ އާއި އެހެނިހެން އިޖުތިމާއީ މައްސަލަތަކުގެ މައްޗަށް އުފައްދާފައިވާ އެ ފިލްމުގެ ގިނަ ބެލުންތެރިން ފާހަގަކުރާ ގޮތުގައި ފިލްމު ގެނަސްދީފައިވާ ގޮތް މޮޅެވެ. ހާއްސަކޮށް އެފަދަ އަމަލުތަކެއް ގެނަސްދިން އިރު، އެއްވެސް ވަރަކަށް އަޑުއަހަން ނުކެރޭ ފަދަ ބަހުރުވަ ބޭނުން ނުކޮށް ހުރިކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
ޅ. ހިންނަވަރުގައި މަންޒަރުތައް ނަގާފައިވާ "ލިލީ" ގެ ލަވައެއް ލ. އަތޮޅުގެ ރަށްތަކުގައިވެސް ނަގާފައިވެއެވެ.
އަލީ ޔާމިން
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި