ދިވެހި ފިލްމު އިންޑަސްޓްރީން އިސްލާމްދީނުގެ ހުދޫދުގެ ބޭރުން އަމަލުލުތައް ނުބެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އިލްތިމާސްކުރައްވައިފިއެވެ.
މިފަހުން އޮލިމްޕަހުގައި އަލަށް އެޅުވި ފިލްމެއްގެ ޕްރީމިއާ ނައިޓުގައި ފިރިހެނަކު އަންހެން ހެދުމެއް ލައިގެން ހުރި މަންޒަރު ފެންނަ ފޮޓޯއަަކަށް ގިނަބަޔަކުގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަމަށާއި އެހެންކަމުގެ ރައްޔިތުންގެ އަމަލުތައް ހުންނަންވާނީ އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި ކަމަށެވެ.
"ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ ބޭފުޅުންގެ އަރިހުން ވެސް އަޅުގަނޑު އެދެނީ އިސްލާމްދީނުގެ ހުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރެއްވުމަށް" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަގާފަތާ އެއްގޮތަށް ހެޔޮ ނަމޫނާ ދައްކަންޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ މުސްލިމުގެ ސަގާފަތާއި ހިލާފު ކަންކަމާ ދުރުހެލިވާންޖެހޭ ކަމަށެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު